އަދަބިއްޔާތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދެނީ

އަދަބީ އުފާ ނަމުގައި ހިރިޔާ ސުކޫލުގައި ކުރިއަށްގެންދިޔަ ހަރަކާތްތަކެއް-- ސަން ފައިލް ފޮޓޯ

ދިވެހި އަދަބިއްޔާތު ވަކި މާއްދާއެއްގެ ގޮތުގައި ސުކޫލުތަކުގައި ކިޔަވައިދިނުމުގެ މަސައްކަތްތައް ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ އަދަބިއްޔާތު ލިޔުމުގެ މުގައްރިރު އެކުލަވާލައިލާފައެވެ. އަދަބިއްޔާތުގެ މުގައްރަރާއެކު ލިޔުންތެރިކަން އަދަބީ ފާޑުކިޔެވުމުގެ ނަޒަރަކުން ބަލާލައެވެ.

މިހާރު ނިންމާފައިވަނީ ގުރޭޑް އަށަކުން 12 އަށް އަދަބިއްޔާތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމަށެވެ.

އަޝްރަފް ސަން އަށް އިންޓަވިއޫ ދެއްވަނީ-- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ސަން އަށް ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި އަދަބިއްޔާތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފަށާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އަދަބިއްޔާތުގެ މުގައްރަރެއް ތައާރަފްވެގެން އަދަބިއްޔާތު ވަކި މާއްދާއެއްގެގޮތުގައި މުސްތަގުބަލުގައި ކިޔަވައިދޭ ތަން އަޅުގަނޑުމެންނަށް ފެންނާނެ، މިއީ އަޅުގަނޑުމެންނަށް ވަރަށް އުފާވެރިކަން ލިބޭ ކަމަކަށްވާނެ،" އަޝްރަފް ވިދާޅުވިއެވެ.

ކިޔަވާކުދިންގެ ހިތްތަކުގައި ބަހާއި ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ގިނަ ގައުމުތަކެއްގައި ކިޔަވައިދޭއިރު ރާއްޖޭގައި ދިވެހި ބަހާއި ތާރީހު ކިޔަވައިދެނީ އެއް މާއްދާއެއްގެ ގޮތުގައެވެ. ދިވެހި ބަހުން ކިޔަވައިދެނީ ދިވެއްސާއި އިސްލާމް އެކަންޏެވެ. ދެން ހުރިހާ މާއްދާއެއް ކިޔަވައިދެނީ އިނގިރޭސި ބަހުންނެވެ.

comment ކޮމެންޓް