ކްރިކެޓް ނައިޓް އަންނަ ހޯމަ ދުވަހު

ކްރިކެޓް ހަވީރު 2015ގެ ތެރެއިން: މި ފަހަރުގެ ކްރިކެޓް ނައިޓްގައި ކްރިކެޓް ކުޅުންތެރިންނާއި އެކި ފަރާތްތަކަށް ހާއްސަ އެވޯޑުތަކެއް ދިނުމަށް ހަމަޖެހިފައިވޭ --- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ބައްވާ ކްރިކެޓް ނައިޓް އަންނަ ހޯމަ ދުވަހު ބޭއްވުމަށް އެ އެސޯސިއޭޝަނުން ނިންމައިފި އެވެ.

އެކުވެނި ކްރިކެޓް ދަނޑުގައި އެ ދުވަހުގެ ރޭ 8:00ގައި ކުރިއަށްގެންދާ ކްރިކެޓް ނައިޓްގައި ކްރިކެޓް ކުޅުންތެރިންނާއި އެކި ފަރާތްތަކަށް ހާއްސަ އެވޯޑުތަކެއް ދިނުމަށް ހަމަޖެހިފައިވެ އެވެ.

މި ފަހަރުގެ ކްރިކެޓް ނައިޓްގައި ދޭ އެވޯޑުތަކުގެ ތެރޭގައި ހިމެނެނީ ހާއްސަ އެވޯޑުތަކާއި، ރައީސުލްޖުމްހޫރިއްޔާގެ އެވޯޑާއި، 1996 އިން 2016ގެ ނިޔަލަށް ކްރިކެޓް ހަރަކާތްތައް ސްޕޮންސަރުކުރި ފަރާތްތަކަށް ދޭ ރަމްޒީ ކޮއިން އާއި، 2015 ވަނަ އަހަރުގެ ސްޕޮންސަރުންނަށް ދޭ ހާއްސަ އެވޯޑާއި، 2015 ވަނަ އަހަރުގެ ކްރިކެޓް ސާވިސް އެވޯޑާއި، 2015 ވަނަ އަހަރުގެ ޖޫނިއާ އެވޯޑްސް އާއި، 2015 ވަނަ އަހަރުގެ ޖޫނިއާ އެވޯޑްސް އާއި، އެންމެ މޮޅު ބެސްޓްމަނާއި، އެންމެ މޮޅު އުކުންތެރިޔާ އާއި އެންމެ އުންމީދީ ކުޅުންތެރިޔާ އަދި އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާ އަށް ދޭ އެވޯޑެވެ.

ކްރިކެޓް ނައިޓުގައި "ދަ އެއިމް"ގެ ހަރަކާތްތަކާއެކު ކެއުން ވެސް ހަމަޖެހިފައިވެ އެވެ. ކްރިކެޓް ނައިޓަށް 100 ރުފިޔާގެ ޓިކެޓެއް ނެގުމުން ވަދެވޭނެ ކަމަށާއި ކްރިކެޓް ބޯޑުގެ ކޯޗުންނާއި އޮފީހުން ޓިކެޓް ލިބެން ހުންނާނެ ކަމަށް އެ ބޯޑުން ބުނެ އެވެ.

comment ކޮމެންޓް