ފުލުސް މީހާ އަށް ހަމަލާދިންކަން ސާބިތުވެ، ހަ މީހަކު ފަސް އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

ފުލުސްމީހާ ބިންމައްޗަށް ވައްޓާލި ލަބާން --- ސަން ފައިލް ފޮޓޯ

މިދިޔަ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހު ފުލުހަކަށް ހަމަލާދިން ހަ މީހަކު ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ދާދިދެންމެ އިއްވި ހުކުމްގައި ވަނީ މިދިޔަ މެއި މަހުގެ އެއް ވަނަ ދުވަހުގެ ރޭ 10:00 އާއި 10:30 އާ ދެމެދުގެ ވަގުތެއްގައި ޗާންދަނީމަގު އިސްކަންދަރު ސްކޫލް ކުރިމަތިން ދެކުނުން އުތުރަށް ޕޮލިސް ސާޖަންޓު އަބްދުއްރަހްމާން ހުސައިން ދުވެފައި ދަނިކޮށް، ކްލަބް އީގަލްސްގެ ކުރީގެ ގޯލްކީޕަރު އިބްރާހީމް ލަބާން ޝަރީފް އޭނާ ބިންމައްޗަށް ވައްޓާލި ކަމަށެވެ.

އެއަށް ފަހު ދައުވާލިބޭ ހަ މީހަކު އެ ފުލުސް މީހާ އަށް ހަމަލާދީފައިވާކަން ހެކީންގެ ހެކިބަހުން ސާބިތުވާ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

ފުލުސް މީހާ އަށް ހަމަލާދީގެން ޖަލު ހުކުމް އައި މީހުން

  • އިބްރާހީމް ލަބާން ޝަރީފް، މ. ބާންސަރީގެ
  • ނާސިރާ އަލީ، ލ. ގަން އެއްގަމުގެ
  • ފަރުހަތު އަލީ، ގ. ބްލޫވޭވް
  • އަބްދުﷲ ރަޝީދު، ގ. ކީމާ
  • އުމަރު ގާހިރު، ގދ. ގައްދޫ ނީލޯފަރުމާގެ
  • އަހްމަދު އިބްރާހީމް، ތ. ގުރައިދޫ ރޯޒްވިލާ

އެ މައްސަލާގައި ދައުވާ އުފުލި ދެ މީހެއްގެ މައްޗަށް އެކަށީގެންވާ ހެކި ލިބިފައިނުވާތީ އެމީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވެސް ވަނީ ހުކުމް ކޮށްފަ އެވެ.

comment ކޮމެންޓް