"ދިޝޫމް" ލީކު ކޮށްލާނެ ކަމުގެ އިންޒާރެއް!

މުކޭޝް ބަޓް ޕްރޮޑިއުސްކޮށް އުފައްދާފައިވާ ފިލްމު "ދިޝޫމް" ރިލީޒް ކުރުމުގެ ކުރިން އެ ފިލްމު ލީކު ކޮށްލާނެ ކަމުގެ އިންޒާރަކާ އެކު ފިލްމުގެ ޕްރޮޑިއުސަރުން ކުއްލި ބައްދަލުވުމެއް ބާއްވައިފި އެވެ.

ޖޯން އަބްރަހަމް، ވަރުން ދަވާން އަދި ޖެކޮލިން ފާނަންޑޭޒް ހަރަކާތްތެރިވާ "ދިޝޫމް" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހު އެވެ.

ނަމަވެސް އޭގެ ކުރިން އެ ފިލްމު ލީކު ކޮށްލާނެ ކަމަށް ބުނެފައި ވަނީ ޕައިރޭޓް ސައިޓަކުންނެވެ.

ޕްރޮޑިއުސަރު މަހޭޝް ބަޓް ބުނެފައި ވަނީ، ފިލްމު ލީކު ކޮށްލާނެ ކަމަށް ބުނުމާއެކު ހުރިހާ ޕްރޮޑިއުސަރުން ކުއްލި ބައްދަލުވުމެއް ބާއްވައި، ކުރިއަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

"ޕައިރޭޓް ސައިޓަކުން ފިލްމު ލީކުކޮށްލާނެ ކަމަށް ބުނުމަކީ ޕްރޮޑިއުސަރުންނަށް ކުރިމަތިވާނެ އެންމެ ބޮޑު ބިރުވެރިކަން. އެހެންވެ ކުއްލި ބައްދަލުވުމެއް ބާއްވައި ދެން ކުރެވޭނެ ކަންތައްތަކާ ގުޅޭ ގޮތުން ވާނީ މަޝްވަރާކޮށްފައި،" ބަޓް ބުނެފައިވެ އެވެ.

"ދިޝޫމް" ލީކު ކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފައި ވާއިރު، މި އަހަރު ނުކުތް ޝާހިދު ކަޕޫރުގެ "އުޅްތާ ޕަންޖާބް" އަދި ރިތޭޝް ދޭޝްމުކްގެ "ގްރޭޓް ގްރޭންޑް މަސްތީ" ވެސް ވަނީ ލީކު ކޮށްލާފަ އެވެ.

ލީކު ކޮށްލި ނަމަވެސް "އުޅްތާ ޕަންޖާބް" ވަނީ އެކަށީގެންވާ ކާމިޔާބެއް ހޯދައިފަ އެވެ. ނަމަވެސް "ގްރޭޓް ގްރޭންޑް މަސްތީ" ވަނީ ފްލޮޕް ވެފަ އެވެ.

comment ކޮމެންޓް