ޗުއްޓީއަށް "ޔޭ ހޭ މޮހޮއްބަތޭން"ގެ ތަރި އަނީތާ ރާއްޖޭގައި

އަނީތާ އަދި ފިރިމީހާ ރޯހިތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ --- ފޮޓޯ/ އިންސްޓަގުރަމް

ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ހިންދީ ޑްރާމާ ސިލްސިލާ، "ޔޭ ހޭ މޮހޮއްބަތޭން"ގެ ނެގެޓިވް ރޯލު ކުޅޭ އެކްޓްރެސް، އަނީތާ ހަސަނަންދާނީ (ޝަގުން އަރޯރާ) ޗުއްޓީ ހޭދަކުރަން ރާއްޖެ އަތުވެއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުން ފިރިމީހާ ރޯހިތް ރެޑީ އާއެކު އަނީތާ ރާއްޖެ އައިސްފައިވަނީ އިއްޔެ އެވެ. އަދި އޭނާ ޗުއްޓީ ހޭދަ ކުރަމުންދަނީ ރ. އަތޮޅުގައި އޮންނަ އަދާރަން ރިސޯޓްގަ އެވެ.

ސޯޝަލް މީޑިއާއާ ވަރަށް ރަހުމަތްތެރި އަނީތާ ދަނީ ނުވަ ލައްކަ އަށްވުރެ ގިނަ މީހުން ފޮލޯކުރާ އޭނާގެ އިންސްޓަގުރަމް އެކައުންޓުގަ އާއި ފޭސްބުކްގައި ރާއްޖޭގައި އޭނާ ހޭދަކުރަމުންދާ ފޮޓޯތައް ފޭނުންނަށް ހިއްސާކުރަމުންނެވެ.

Breakkyyy time selfie #coffe #love #maldives @adaaran_resorts #ocean #adaaranprestigewatervillas #romance #sbs #abp #comingsoon

A photo posted by Anita H Reddy (@anitahassanandani) on

އެކްޓްރެސް އަދި މޮޑެލް އަނީތާ އާއި ވިޔަފާރިވެރިޔާ ރޯހިތް ކައިވެނި ކުރީ އޮކްޓޯބަރު 14، 2013 ވަނަ އަހަރު ގޯއާގަ އެވެ.

ތެލުގު، ހިންދީ އަދި ޓެމިލް ފިލްމުތަކުން ވެސް ފެނިގެން ގޮސްފައިވާ އަނީތާ އެންމެ ފުރަތަމަ އާއްމުންނަށް ފެނިގެންދިޔައީ މެޓްރޯ ގޯލްޑް ޗެނަލް އިން 2001 ވަނަ އަހަރު ދެއްކި ޓީވީ ސީރީސް، "ކަބީ ސޯތާ ކަބީ ސެހެލީ" އިންނެވެ. އަނީތާ އަށް އެންމެ ބޮޑު މަޝްހޫރުކަމެއް ލިބިގެންދިޔަ "ޔޭ ހޭ މޮހޮއްބަތޭން" އޭނާ ފެންނަން ފެށީ 2013 ވަނަ އަހަރުން ފެށިގެންނެވެ.

comment ކޮމެންޓް