އައިފޯން 7 ސެޕްޓެމްބަރުގެ 16ގައި ބާޒާރަށް ނެރެނީ؟!

އައިފޯން 7 އަދި އައިފޯން 7 ޕްލަސް ކަމަށް ބުނާ ފޮޓޯއެއް --

އެޕަލްގެ ޕްރޮޑަކްޓްތަކަށް ލޯބި ކުރާ ފަރާތްތައް އެންމެ ކެތްމަދުވެފައި ތިބީ އެޕަލްއިން މި އަހަރު ނެރޭ އައިފޯން 7 އަށެވެ. އެޕަލްއިން ކޮންމެ އަހަރަކު ދެ މޮޑެލެއްގެ އައިފޯނު ނެރެމުން އައި ނަމަވެސް، ތިން ފޯނު ވެސް ރިލީޒް ކޮށްފާނެ ކަމަށް ބެލެވެ އެވެ. އައިފޯނު 7، އައިފޯން ޕްރޯ އަދި އައިފޯން ޕްލަސްގެ ނަންތައް ކިޔެމުން ދާ އިރު، ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި އައިފޯން ޕްރޯއާއި އައިފޯން ޕްލަސްއަކީ އެކައްޗެކެވެ. ކަށަވަރުކޮށް އެނގޭނަށް ނެތެވެ.

މީގެ ކުރިންވެސް އެޕަލްގެ ޕްރޮޑަކްޓްތަކާ ބެހޭ މައުލޫމާތު، ޕްރޮޑަކްޓްތައް ރިލީޒް ކުރުމުގެ ކުރިން ލީކު ކޮށް، ގިނަ ބައެއްގެ "އިތުބާރު" ހޯދާފައިވާ މޯބައިލް ރިޕޯޓަރު އެވަން ބްލޭސް ބުނާ ގޮތުގައި އައިފޯނުގެ މި އަހަރުގެ ތިން މޮޑެލް ނެރޭނީ ސެޕްޓެމްބަރު މަހުގެ 12 އާއި 16 އާ ދެމެދުގެ ދުވަހެއްގަ އެވެ.

އޭނާ ބުނާ ގޮތުގައި އެއީ ބާޒާރަށް ނެރޭ ތާރީޚެވެ. ފޯނު އޮފިޝަލްކޮށް ދައްކާލުމުގެ އިވެންޓު އޮންނާނީ އެއަށް ވުރެ ކުރިންނެވެ.

އޭނާ ބުނާ ގޮތުން، އައިފޯނުގެ މި އަހަރުގެ ދެ ފޯނަށް ދީފައިވާ ކޯޑު ނަން ވެސް އޭނާ ވަނީ ހޯދައިފަ އެވެ. އެއް ނަމަކީ ސޮނޮރާ އެވެ. އަނެއް ނަމަކީ ދޯސް ޕާލޮސް އެވެ.

މިއަހަރު ނެރޭ އައިފޯނުތަކުގައި ފާހަގަ ކޮށްލެވޭނެ އެންމެ މުހިންމު އެއް ސިފައަކީ ހެޑްފޯނު ޖަހާ ޖެކު ނެތުން ކަމަށް ބެލެވެ އެވެ. އައިފޯނުގެ ފުޅާމިން އިތުރަށް ހިމަކުރުމަށް ޓަކައި ހެޑްފޯނު ޖެކު ނަގައި، އައިފޯން 7 އާ އެކު އެޕަލްއިން އާ ހެޑްފޯނެއް ތައާރަފު ކުރާނެ ކަމަށް ބެލެވެ އެވެ. އެ ހެޑްފޯނު ޖަހާނީ ޗާޖަރު ޖަހާ ލައިޓްނިންގް ޕޯޓަށް ކަމަށް މީގެ ކުރިން ރިޕޯޓު ކުރެވިފައިވެ އެވެ.

comment ކޮމެންޓް