ނުބައިކޮށް ގައުމީ ސަލާމް ކިޔުމުން ސަނީ ލިއޯން ގޮަވައިގެން ޕޮލިހަށް!

"ޕްރޯ ކަބައްޑީ ލީގު" ގައި ސަނީ ގައުމީ ސަލާމް ހުށަހަޅައި ދެނީ. ބައެއް ލަފްޒުތައް ނުބައިކޮށް ކީ ކަމަށް ބުނެ އޭނާއާ ދެކޮޅަށް މައްސަލަ އެއް ވަނީ ހުށަހަޅާފައި ---

ބޮލީވުޑުގެ އެކްޓްރެސް ސަނީ ލިއޯން، ނުބައިކޮށް އިންޑިއާގެ ގައުމީ ސަލާމް ކީ މައްސަލަ ހޫނުވެ، އޭނާއާ ދެކޮޅަށް ފުލުހުންނަށް މައްސަލަ އެއް ހުށަހަޅައިފި އެވެ.

ސަނީ ގައުމީ ސަލާމް ކިޔާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު މުމްބާއީ ގައި ކުރިއަށް ދިޔަ "ޕްރޯ ކަބައްޑި ލީގު" ގެ މެޗެއްގެ ތެރެއިންނެވެ.

ގައުމީ ސަލާމް ނުބައިކޮށް ކީ ކަމަށް ބުނެ، އޭނާ އާ ދެކޮޅަށް މައްސަލަ ހުށަހެޅީ އާންމު ރައްޔިތެކެވެ. އޭނާ މައްސަލަ ހުށަހަޅާފައި ވަނީ ސަނީ ގައުމީ ސަލާމް ކީ އިރު ބައެއް އަކުރު ތަކާއި ލަފްޒުތައް ނުބައިކޮށް ކީ ކަމަށް ބުނެ އެވެ.

އަދި ސަނީއަށް ސަޕޯޓު ކުރާ އެތައް ބަޔަކު އުޅޭ އިރު، އެފަދަ ކުށްތަކަކީ ސަޕޯޓަރުންނަށް އެކަމުގެ އަސަރު ކުރާނެ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ. ހަމަ އެއާއެކު، ސަނީ ރަނގަޅަށް ޕްރެކްޓިސް ކުރި ނަމަ، އެހެން ނުވީސް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ސަނީ ވަނީ ހުރިހާ އަކުރަކާއި ލަފްޒުތަކެއް ރަނގަޅަށް ދަސްކުރުމަށް މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން ތަމްރީނު ހޯދައިފަ އެވެ.

ރަސްމިއްޔާތަށް ފަހު ސަނީ ބުނީ، ބޮޑު ރަސްމިއްޔާތެއްގައި އިސްވެ ގައުމީ ސަލާމް ކިޔުމުގެ ފުރުސަތު އޭނާ އަށް ލިބޭނެ ކަމަށް ދުވަހަކު ވެސް އުންމީ ދު ނުކުރާ ކަމަށެވެ. އެ ފުރުސަތު ލިބުމުން ފަހުރުވެރިވާ ކަމަށާއި ގައުމީ ސަލާމް ހުށަހަޅައި ދިން އިރު ހާސްވެފައި ހުރި ކަމަށް އޭނާ ބުންޏެވެ.

މިދިޔަ އަހަރު "ޕްރޯ ކަބައްޑީ ލީގު" ގައި ގައުމީ ސަލާމް ހުށަހަޅައި ދިނީ އަމީތާބް ބައްޗަން އެވެ.

comment ކޮމެންޓް