ޓޫރިޒަމް ބްރޭންޑިން ކުންފުނި "ކުއޯ"ގެ އޮފީހެއް މާލޭގައި ހުޅުވައިފި

ސަން ސިޔާމް އިރުފުށި މޯލްޑިވްސް: މި ރިސޯޓުގެ ބްރޭންޑު އުފެއްދުމުގައި ކުއޯއިން އެހީތެރިކަން ފޯރުކޮށްދީފައިވޭ --

ފަތުރުވެރިކަމުގެ ބައިނަލްއަގުވާމީ ބްރޭންޑިން ކުންފުނި "ކުއޯ"ގެ އޮފީހެއް މާލޭގައި ހުޅުވައިފި އެވެ.

ޓޫރިޒަމް ދާއިރާއިން ބްރޭންޑިންގް ޚިދުމަތްތަކެއް ފޯރުކޮށްދޭން ފެށި ދުނިޔޭގެ ފުރަތަމަ ކުންފުނި ކަމުގައިވާ ކުއޯގެ އޮފީސް ރާއްޖޭގައި ގާއިމު ކުރި އިރު، މިއީ އެކުންފުނީގެ ޚިދުމަތްތައް ރާއްޖޭގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ފަރާތްތަކަށް ފޯރުކޮށްދިނުމުގައި ލިބޭނެ ބޮޑު ފަސޭހައަކަށް ވާނެ އެވެ.

ބްރޭންޑް ސްޓްރެޓަޖީ އަދި އެމްޕްލިފިކޭޝަން، ކޯޕޮރޭޓް އައިޑެންޓިޓީ، ކްރިއޭޓިވް ޑިޒައިން، ކޮންޓެންޓް ކްރިއޭޝަން، ވީޑިއޯ އުފެއްދުން، ޑިޖިޓަލް ޚިދުމަތްތައް އަދި ކޮލެޓަރަލް އުފެއްދުންތައް ކު އޯ އިން ރާއްޖޭގައި ފޯރުކޮށްދޭނެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެ އެވެ.

ކުއޯއިން ރާއްޖޭގައި އޮފީހެއް ހުޅުވީ ޕާސްޕެކްޓިވް ޕްރައިވެޓް ލިމިޓެޑް ކުންފުންޏާ ގުޅިގެންނެވެ.

ކުރޯގެ ސީއީއޯ ޑޭވިޑް ކީން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުން އަންނަ އިރު، ވަރަށް ބޮޑަށް ބަދަލުވަމުން އަންނަ ކަމަށެވެ.

"ދިވެހި ތާރީޚުގައި ފުރަތަމަ ފަހަރަށްހެން، ރިސޯޓުތަކާއި ހޮސްޕިޓެލިޓީ ގްރޫޕުތަކަށް މިވަގުތު ޖެހިފައި ވަނީ ވިސްނުން މުޅިންހެން ބަދަލުކުރަން. ފަތުރުވެރިން މިހާރު ބޭނުން ވަނީ ގިނަ ކަންތައްތަކެއް ތަޖްރިބާކުރަން ކަމަށްވާ އިރު ޗުއްޓީގައި ހޭދަކުރާ ވަގުތު ވެސް ދަނީ މަދުވަމުން. އަޅުގަނޑުމެންގެ ދިވެހި ކްލަޔަންޓުންނާ އެކު މަސައްކަތް ކުރަމުން މިދަނީ ފަތުރުވެރިންނަށް ރާއްޖެ ސިފަކުރެވޭ ގޮތް ބަދަލު ކުރަން،"

ކީން ވިދާޅުވީ ކުއޯއިން މަސައްކަތް ކުރިން ރާއްޖެއިން ފެންނަ ލަގްޒަރީ ވިލާއާއި ބީޗުތަކުގެ ތަސްވީރުގެ ބަދަލުގައި، އުފާވެރި ޗުއްޓީއަކާ އެކު ރާއްޖޭގެ ސަގާފަތާއި އާދަކާދައިގެ ތަޖުރިބާތައް ފަތުރުވެރިންނަށް ލިބޭނެ މަންޒިލެއްގެ ތަސްވީރު ރާއްޖެއިން އުފެއްދުމަށް ކަމަށެވެ.

ޕާސްޕެކްޓިވް ޕވޓ. ލޓޑ.ގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު މަމްދޫހު ވިދާޅުވީ ކުއޯޢާ އެކު ހެދުނު ޕާޓްނަޝިޕާ މެދު އުފާކުރާ ކަމަށާއި، ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލަކަށް ރާޢްޖެ ވާ އިރު، އެކަމަށް ބާރު ލިބޭނެ އެތައް އިތުރު ކަންތައްތަކެއް ކޮށްދިނުމުގެ ގާބިލުކަން ކުއޯއަށް ލިބިފައިވާ ކަމަށެވެ.

"ބްރޭންޑިންގް ތަޖުރިބާގެ އިތުރުން، މުހިއްމު ގުޅުންތައް އެކުލެވިގެންވާ ވިއުގަތަކާއި ކުއޯގެ ތަޖްރިބާކާރު ޓީމުގެ ޒަރީޢާ އިން، ރާއްޖޭގައިވާ ރިޒޯޓްތަކާއި ހޮޓެލްތަކަށް ބައިނަލްއަޤްވާމީ ފެންވަރުގެ ޚިދުމަތެއް ރާއްޖެއިން ހޯދުމުގެ މަގު މިހާރު މިވަނީ ފަހިވެފައި،" މަމްދޫހު ވިދާޅުވި އެވެ.

ކުއޯގެ އެހީގައި ރާއްޖޭގައި އުފައްދާފައިވާ ބައެއް ރިސޯޓު ބްރޭންޑުތަކުގެ ތެރޭގައި ސަން ސިޔާމް އިރުފުށި، ސަން އަކުއާ ބްރޭންޑު، ޕާ އެކުއަމް ހުވަފެންފުށި، ކުރުނބާ މޯލްޑިވްސް، ބަރޮސް މޯލްޑިވްސް އަދި ވެލައްސަރު މޯލްޑިވްސް ހިމެނެ އެވެ.

comment ކޮމެންޓް