ދުންޔާ އިސްތިއުފާ ދެއްވުމުން، ރޮޒައިނާ ހުށަހެޅުއްވި ސުވާލު އަނބުރާ ފޮނުވާލައިފި

ސުވާލު ރައްދުވި މިނިސްޓަރު އިސްތިއުފާ ދެއްވާފައިވާތީ ރޮޒެއިނާ ހުށަހެޅި ސުވާލު މަޖިލިސް ރައީސް ވަނީ އަނބުރާ ފޮނުވާލައްވާފައި -- ފޮޓޯ/ މަޖިލިސް

ފޮރިން މިނިސްޓަރު ދުންޔާ މައުމޫނަށް ކުރުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ހުށަހެޅި ސުވާލު މަޖިލިސް ރައީސް އަބްދުﷲ މަސީހު މުހައްމަދު އަނބުރާ ފޮނުވާލައްވައިފި އެވެ.

މަޖިލިސް ރައީސް މަސީހު ސޮއިކޮށް ރޮޒެއިނާއަށް ފޮނުއްވާފައިވާ ސިޓީފުޅެއްގައި ވިދާޅުވީ ރޮޒެއިނާ ސުވާލު ކުރެއްވުމަށް ހުށަހެޅުއްވި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

"އިއްޒަތްތެރި މެމްބަރު ފޮނުއްވި ސުވާލުގެ ނޯޓިސް ރައްދުވާ ވަޒީރު އެ މަގާމުން އިސްތިއުފާ ދެއްވާފައިވާތީ އެ ސުވާލު އަނބުރާ ފޮނުވައި މި ވާހަކަ ދެންނެވީމެވެ." މަސީހުގެ ސިޓީފުޅުގައި ވިދާޅުވި އެވެ.

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާއާ ކުރެއްވުމަށް ރޮޒޭނާ ހުށަހަޅާފައިވާ ސުވާލަކީ ރިޔާސީ ބަޔާނުގައި ރާއްޖޭގެ ތަސައްވަރު ރަނގަޅު ކުރެއްވުމަށް ގިނަ އަދަދެއްގެ ފައިސާ ހަރަދު ކުރެވިފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވެފައި ވާތީ ހަރަދުވި ފައިސާ އަދަދެވެ. އަދި ބޭރުގެ ލީގަލް ކުންފުނިތަކަށާއި މާކެޓިން ކުންފުނިތަކަށް ހަރަދުކޮށްފައިވާ ފައިސާގެ ތަފްސީލް ހޯދުމަށް ވެސް އޭނާ ވަނީ ހުށަހަޅާފަ އެވެ.

comment ކޮމެންޓް