ސަލްމާންގެ ބައްޕަ ބޭނުންވީ އޭނާ ކްރިކެޓް ކުޅުންތެރިޔަކަށް ވާން

ސަލްމާން ޚާން -- ފޮޓޯ: އެންޑީޓީވީ

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަލްމާން ޚާން އަކީ އިންޑިއާގެ ގައުމީ ޓީމަށް ކްރިކެޓް ކުޅޭ ކުޅުންތެރިޔަކަށް ވާން އާނާގެ ބައްޕަ ބޭނުންވި ކަމަށް ސަލްމާން ބުނެފި އެވެ.

ކާމިޔާބު ފިލްމު "ސުލްތާން" ގައި ރެސްލިކް ކުޅުންތެރިއެއްގެ ރޯލުން ފެނިގެންދާ ސަލްމާން ބުނީ، އޭނާ އަކީ ވަރަށް މޮޅަށް ކްރިކެޓް ކުޅޭ މީހެއް ކަމަށެވެ.

ހަފްލާއެއްގެ ތެރެއިން ނޫސްވެރިންނާ ވާހަކަދައްކަމުން ސަލްމާން ބުނީ ސަލްމާން އަކީ ކްރިކެޓް ކުޅުންތެރިއަކަށް ވާން އޭނާގެ ބައްޕަ ބޭނުންވި ކަމަށާއި އަދި ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ސާލިމް ދުރާނީގެ ކޯޗު ކަމުގެ ދަށުން ފަރިތަކުރުން ވެސް ކުރިއަށް ގެންދިޔަ ކަމަށެވެ.

"ބައްޕަ ބޭނުންވީ އަހަރެން ކްރިކެޓް ކުޅެން. އެކަން ކުރަން އެއްވެސް އުނދަގުލެއް ވެސް ނުވާނެ. އެކަމަކު ކޮންމެ ދުވަހަކު ހެނދުނު 5:30 ގައި ހޭލައިގެން ކްރިކެޓް ކުޅެން ދާން އަހަރެން ބޭނުމެއް ނުވި. މިހާރު މި އުޅޭ ދިރިއުޅުން ވެސް ވަރަށް ބުރަ. އެކަމަކު ކްރިކެޓް ކުޅެން ފެށި ނަމަ އަދި މާ އުނދަގޫ ދިރިއުޅުމެއް ލިބޭނީ،" ސަލްމާން ބުންޏެވެ.

ކްރިކެޓް ކުޅެން މޮޅު ކަމަށާއި، އެ ކުޅިވަރުގައި ސަލްމާނަށް އުޖާލާ މުސްތަގުބަލެއް ލިބޭނެ ކަމަށް ކޯޗުު ބުނި ނަމަވެސް، ބައްޕަ މެޗުތައް ބަލަން އަންނަ ދުވަހު މޮޅަށް ނުކުޅެ ވޭތޯ ބަލާކަމަށް ވެސް އޭނާ ބުންޏެވެ.

ސަލްމާން ބުނީ އޭނާ ފުރަތަމަ ވާން ބޭނުންވީ ޑައިރެކްޓަރަކަށް ކަމަށެވެ.

comment ކޮމެންޓް