"އަސްލު ސުލްތާން" ކަމަށް ބުނާ މީހަކު ސަލްމާން ގޮވައިގެން ކޯޓަށް!

ސުލްތާންގެ މަންޒަރެއްގައި އަނުޝްކާ ޝަރުމާ އާއި ސަލްމާން ޚާން --

އަލީ ޒަފަރު އައްބާސް ޑައިރެކްޓުކޮށް، ސަލްމާން ޚާން އާއި އަނުޝްކާ ޝަރްމާ އެކްޓުކޮށްފައިވާ ކާމިޔާބު ފިލްމު ސުލްތާންގެ އެކްޓަރުންނާއި ޑައިރެކްޓަރާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މުޒައްފަރުޕޫރުގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ސާބިރު އަންސާރީ (ސާބިރު ބާބާ) މިމަހުގެ އަށް ވަނަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ސުލްތާން އަކީ އޭނާގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެއް ކަމަށާއި އޭގެ ބަދަލެއްގެ ގޮތުން އޭނާއަށް 20 ކަރޯޑު ރުޕީސް ދޭނެ ކަމަށް ސަލްމާން ވައުދުވެފައިވާ ކަމަށް ބުނެ އެވެ.

ސާބިރުގެ ވަކީލު ވިދާޅުވި ގޮތުގައި ސާބިިރު ވަނީ އޭނާގެ ހަޔާތުގެ ވާހަކަ 2010 ވަނަ އަހަރު ސަލްމާނަށް ކިޔާދީފަ އެވެ. އަދި އެވާހަކައިގެ މައްޗަށް ފިލްމެއް ހަދައިފި ނަމަ ސާބިރުއަށް ފައިސާ ދޭނެ ކަމަށް ސަލްމާން ބުނި ކަމަށްވެސް ވަކީލު ވިދާޅުވި އެވެ.

އެމައްސަލައިގެ ފުރަތަމަ އަޑު އެހުން މިއަދު ނިމިފައިވާ އިރު ދެވަނަ އަޑު އެހުން ވަނީ މިމަހުގެ 26ށް ހަމަޖައްސާފަ އެވެ.

comment ކޮމެންޓް