ދުވާލު ކުޑަ ވަގުތު ކޮޅަކު ނިދާލުމުން ފިރިހެނުންނަށް ފައިދާ ކުރާ މިންވަރު ބޮޑު

ފިރިހެނަކު ނިދާފައި: ދުވާލު ކުޑަ ވަގުތު ކޮޅަކު ނިދާލުމުން ފިރިހެނުންނަށް ފައިދާ ކުރާ މިންވަރު ބޮޑު ކަމަށް ދިރާސާ އަކުން ވަނީ ދައްކާފައި --

ކޮންމެ ދުވަހަކު ވެސް ދުވާލު ގަޑީގައި ކުޑަ ވަގުތު ކޮޅަކަށް ނިދާލުމުން ނުވަތަ "ނެޕް"އެއް ނަގާލުމުން ފިރިހެނުންނަށް ބޮޑެތި ފައިދާތަކެއް ކުރާ ކަމަށް ދާދި ފަހުން ކުރި ދިރާސާއަކުން ދައްކައިފި އެވެ.

ޖަރުމަނުގެ މިއުނިކްގައި ހުންނަ މެކްސް ޕަލާންކް އިންސްޓިޓިއުޓްގެ ސައިންސްވެރިން ކުރި ދިރާސާއަކުން ދައްކާ ގޮތުން، ރޭގަނޑުގެ ނިދި ހަމައަށް ލިބުމުން އަންހެނުންގެ ސިކުނޑީގެ ބާރު ގަދަވެ އެވެ.

ހޯދުންތަކުން ދައްކާ ގޮތުގައި ދުވާލުގެ ކުޑަ ވަގުތުކޮޅަކަށް ނިދާ މީހާގެ ސްޓްރެސް ލެވެލް ވަރަށް ދަށެވެ. ކުޑަ ވަގުތުކޮޅަކު ނިދާލާފައި ހޭލާއިރު މީހާގެ ސިކުނޑި ހުންނާނީ ތާޒާވެ، އަނެއްކާ ވެސް ބުރަކޮށް މަސައްކަތަށް ނުކުތުމަށް ތައްޔާރުވެފަ އެވެ. ކުރިއަށް ވުރެ ރަނގަޅަށް މަސައްކަތް ކުރެވޭނެ އެވެ.

ސަތޭކަ ފަސްދޮޅަސް މީހުން ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ ދިރާސާގައި އެކި މީހުންގެ ނިދުމުގެ ޕެޓާން ހުންނަ ގޮތުން މީހާގެ ސިކުނޑި މަސައްކަތް ކުރާ މިންވަރު ދެނެގަނެފަ އެވެ.

ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޕްރޮފެސަރު މާޓިން ޑްރެސްލާ ވިދާޅުވީ ސިކުނޑީގެ މަސައްކަތް ކުރުން ބިނާވެފައި ވަނީ ނިދުމުގެ އިތުރުން ވެސް ވަރަށް ގިނަ ކަންތައްތަކުގެ މައްޗަށް ކަމަށެވެ. އަދި ނިންޖާއި ވިސްނުން ތޫނުވުމާއި ހުރި ގުޅުން ކުރިން ހީކުރެވުނު ވަރަށް ވުރެ "ކޮމްޕްލެކްސް" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެންމެ ފަހުން ކުރި ދިރާސާ އިން ލިބުނު މައުލޫމާތުގެ ސަބަބުން، ނިންޖާއި ތުނުފިލިކަމާ ހުރި ގުޅުން ދެނެގަންނަން ފަސޭހަ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ދިރާސާގެ ނަތީޖާތައް މިހާރު ވަނީ ކޯޕަންހޭގަންގައި ކުރިއަށްދާ ނިއުރޯސައިންސް ފޯރަމަށް ހުށަހަޅައިފަ އެވެ.

މި އަހަރުގެ ކުރީކޮޅު ކުރި ދިރާސާއަކުން ދައްކާފައިވާ ގޮތުން، ފިރިހެނުންނަށް ވުރެ ގިނައިން އަންހެނުންނަށް ނިދި ބޭނުންވެ އެވެ. އަންހެނުންނަށް ގިނައިން ނިދި ބޭނުން ވަނީ، އަންހެނުންނަކީ ދުވާލެއްގެ މައްޗަށް އެއްފަހަރާ އެތައް މަސައްކަތެއް ކުރާ ބަޔަކަށް ވާތީ އެވެ.

comment ކޮމެންޓް