ލޭހޮޅިތައް ބެދުން ހުއްޓުވައި، ހިތުގެ ދުޅަހެޔޮ ކަމަށް މުހިއްމު ބައެއް ކާނާ

އަންނާރަކީ ލޭހޮޅިތަކުގެ އެތެރޭގައިވާ ފަށަލަ ރައްކާތެރިކޮށްދޭ މޭވާއެއް --

ބައްޔެއްގެ ސަބަބުން ދުނިޔޭގެ ފަސް ވަނަ އަށް އެންމެ ގިނަ މީހުން މަރުވާން ދިމާ ވަނީ ހިތުގެ ބަލިތަކުގެ ސަބަބުންނެވެ. ހިތުގެ ބަލިތައް އާއްމުކޮށް ޖެހެނީ ކޮލެސްޓްރޯލްފަދަ މާއްދާއަކުން ލޭހޮޅިތައް ބެދުމުންނެވެ. ވީމާ ލޭހޮޅިތައް ސާފުކޮށް، ފަސޭހަކަމާ އެކު ލޭ ދައުރުވުން ޔަގީން ކުރުމަށް ހާއްސަ ކާނާތައް ކާންޖެހެ އެވެ. އޭގެ ތެރޭގައި:

އަންނާރު

އަންނާރަކީ ލޭހޮޅިތަކުގެ އެތެރޭގައިވާ ފަށަލަ ރައްކާތެރިކޮށްދީ ލޭހޮޅިތަކުގެ ދުޅަހެޔޮކަން ދަމަހައްޓައިދޭ މޭވާއެކެވެ.

ގްރީން ޓީ

ގްރީން ޓީ އަކީ ލޭގައި ހުންނަ ގެއްލުން ހުރި ކޮލެސްޓްރޯލް މަދުކޮށް، ފައިދާ ހުރި ކޮލެސްޓްރޯލްގެ މިންވަރު އިތުރު ކުރާ ބުއިމެއް ކަމަށް ބައެއް ދިރާސާތަކުން ވަނީ ދައްކައިފަ އެވެ. ވީމާ ގްރީން ޓީ ބުއިމުން ކޮލެސްޓްރޯލްގެ ސަބަބުން ލޭހޮޅި ބެދުމުގެ ނުރައްކާ ކުޑަވެ އެވެ.

އެސްޕެރަގަސް

އެސްޕެރަގަސް އަކީ ލޭހޮޅިތައް ސާފުކޮށް ދިނުމުގެ އިތުރުން ލޭގެ ޕްރެޝަރު ދަށް ކުރާ މާއްދާއެއް އެކުލެވިގެންވާ ތަރުކާރީއެއް ކަމަށް ފަހުގެ ދިރާސާތަކުން ވަނީ ދައްކައިފަ އެވެ. އެހެންކަމުން، އެސްޕެރަގަސް ކެއުމުން ފަސޭހަކަމާ އެކު ލޭ ދައުރުވުމަށް މަގުފަހިވެ އެވެ.

ފޮނިތޮށި

ފޮނިތޮށީގައި ހިމެނޭ ސިނެމަލްޑީހައިޑަކީ ލޭ ގަނޑުވުމުން ދުރުކޮށްދޭ މާއްދާއެކެވެ. ލޭގަނޑުވުމުން ލޭހޮޅިތައް ބެދި، ލޭދައުރުވުން މަދުވެ ނޫނީ އެއްކޮށް ހުއްޓޭގޮތްވެ އެވެ. އެފަދަ ގޮތެއް މެދުވެރިވުމުގެ ނުރައްކާ ކުޑަ ކުރުމަށް ޓަކައި ކެއުމުގައި ފޮނިތޮށި ބޭނުން ކުރުން ރަނގަޅެވެ.

މައުލޫމާތު: ސްޓެތްނިއުސް

comment ކޮމެންޓް