ވިލާ ހޮޓެލްސްގެ ރިސޯޓުތަކުން ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ކޮރަޕްޝަންގެ އަމަލެއް ނެތް: އޭސީސީ

ވިލާ ހޮޓެލްސްގެ ރިސޯޓުތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( އިން މިއަދު ބުނެފި އެވެ.

އޭސީސީން ބުނީ ވިލާ ހޮޓެލްސް އަށް ދޫކޮށްފައިވާ ރިސޯޓްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ އާއި ޓެކްސްގޮތުގައި ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކައިގެން ޖޫރިމަނާ ކޮށްފައި ވީނަމަވެސް އެ ފައިސާ ވިލާ ހޮޓެލްސްއިން ނުދައްކާ އުޅެނީ އެ ކުންފުނީގެ ވެރިޔާ އަމިއްލަ މަސްލަތަހަތައް، ނޫފޫޒާ އި ހިޔާނާތް ބޭނުންކޮށްގެން ކަމާބެހޭ އެކި ފަރާތްތަކަށް ހުށަހެޅުންތައް ހުށަހަޅައިގެން ކަމަށް ބުނެ ކޮމިޝަނަށް ވެއްދި މައްސަލަ ބެލިއިރު މައްސަލައިގައި ފާހަގަކޮށްފައިވާ ވިލާގެ ސަން އައިލެންޑް ރިސޯޓުން ދައުލަތަށް ދައްކަން ޖެހޭ ހުރިހާ ފައިސާ ދައްކާފައިވާކަން އެނގޭ ކަމަށެވެ.

އަދި ބުނެފައި ވަނީ ނޮވެމްބަރު30، 2011އިގެ ނިޔަލަށް އެ ރިސޯޓުން ޓޫރިޒަމް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނެތް ކަމަށް އިންލެންޑް ރެވެނިއުއިން އޭސީއަށް އަންގާފައިވާ ކަމަށާއި ވިލާ ހޮޓެލްސްގެ މައްޗަށް ހުށަހެޅުނު ކަރަޕްޝަންގެ މައްސަލަ ބެލި އިރު އެފަދަ އެއްވެސް ކަމެއް ނެތް ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު