ސީއެސްއެފް އެނާޖީ ސޭވިން ބޮކިން މައިގްރެއިން އަދި ކެންސަރަށް މަގުފަހިވޭ؟

އެނާޖީ ސޭވިން ލައިޓްސް

ސީއެސްއެފް އެނާޖީ ސޭވިން ނުވަތަ ހަކަތަ ބޭނުން ކުރާ މިންވަރު ކުޑަ ބޮތްކަކީ ފަހަކަށް އައިސް ގިނަ ބަޔަކު ބޭނުން ކުރަން ފަށާފައިވާ ހާއްސަ ބޮކިތަކެކެވެ. އެއީ ކަރަންޓު ބިލު ކުޑަ ކުރުމުގެ އިތުރުން ތިމާވެއްޓަށް ވެސް ރަނގަޅު ބޮކިތަކެކެވެ.

ނަމަވެސް، ޔޫއެސް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އޭޖެންސީން ބުނާ ގޮތުގައި އެފަދަ ބޮކިތަކަކީ ތަޅައިގެން ދިޔުމުން ނުރައްކާތެރި، ސިއްހަތަކަށް ގެއްލުން ހުރި ގޭސް ބޭރު ކުރާ އެއްޗެކެވެ. އެފަދަ ބޮކީގައި ހިމެނޭ ނުރައްކާތެރި ކެމިކަލްތަކުގެ ތެރޭގައި:

މާކިއުރީ

ހަކަތަ ބޭނުން ކުރާ މިންވަރު ކުޑަ ކުރާ ބޮކިތަކުގެ ހާއްސަކަމަކީ އޭގައި އެކުލެވިގެންވާ މާކިއުރީ އެވެ. ނަމަވެސް ބޮކި ތަޅައިގެން ދިޔުމުން އޭގައިވާ މާކިއުރީ ގޭސް ޖައްވުގެ ތެރެއަށް ބޭރުވެ، މީހާ އެއަށް އެކްސްޕޯޒްވުމުން މައިގްރެއިން، އެންޒައިޓީ އަދި މާބޮޑަށް ވަރުބަލިވުމަށް މަގުފަހިވެ އެވެ. އެހެންކަމުން، އެފަދަ ބޮކީގައި އެކުލެވިގެން ވަނީ ކުޑަ މިންވަރެއްގެ މާކިއުރީ ކަމުގައި ވީނަމަވެސް، އެނާޖީ ަސޭވިން ބޮކި އުކާލާއިރު ތަޅައިގެން ނުދާ ގޮތަށް އުކާލަން ފަރުވާތެރިވާން ޖެހެ އެވެ.

ކާސިނޯޖެންސް

ޖަރުމަނުގެ އަލަބް ލެބޯރެޓަރީން ދާދި ފަހުން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި އެނާޖީ ސޭވިން ބޮކީގައި ކާސިނޯޖެންސް ހިމެނެ އެވެ. ކާސިނޯޖެންސް އަކީ ދިގު މުއްދަތަކަށް ބޭނުން ކުރުމުން ކެންސަރު ޖެހުމަށް މަގުފަހި ކުރުވާ ތަކެއްޗެވެ. އެފަދަ ބޮކީގައި ހިމެނޭ ކާސިނޯޖެންތަކުގެ ތެރޭގައި ފީނޯލް އާއި ނެފްތަލީން ހިމެނެ އެވެ.

މީގެ އިތުރުން، އެނާޖީ ސޭވިން ބޮކިން ޔޫވީ ލައިޓް އުފައްދައެވެ. ޔޫވީ ލައިޓަށް އެކްސްޕޯޒްވާ މިންވަރަކުން ކެންސަރު، ހާއްސަކޮށް ހަމުގެ ކެންސަރު ޖެހުމުގެ ނުރައްކާ އިތުރުވެ އެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ އެނާޖީ ސޭވިން ބޮކިން އުފައްދަނީ އާދައިގެ ބޮކިތަކާ އެއްވަރެއްގެ ޔޫވީ ލައިޓް ކަމަށް ބައެއް ދިރާސާތަކުން ދައްކާފައިވާ ކަމެވެ. ނަމަވެސް، ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އެނާޖީ ސޭވިން ބޮކި ބޭނުން ކުރުން މަދު ކުރުމާއި އެފަދަ ބޮތްކެއް ތަޅައިގެން ދިޔުމުން ރައްކާތެރިކަމާ އެކު ނައްތާލުން މުހިއްމެވެ.

މައުލޫމާތު: ސްޓެތްނިއުސް

comment ކޮމެންޓް