ކުރީގެ ރައީސަށް ހެލިކަޕްޓަރެއް ގަނެދިން ގުއާޓަމާލާގެ ދެ މިނިސްޓަރުން ހައްޔަރުކޮށްފި

ގުއާޓަމާލާގެ ކުރީގެ ޑިފެންސް މިނިސްޓަރު، މެނުއެލް ލޮޕޭޒް އަމްބްރޯސިއޯ ހައްޔަރުކުރަނީ -- ފޮޓޯ: އޭއެފްޕީ

ގުއާޓަމާލާ ސިޓީ (ޖޫން 12): ދައުލަތުގެ ފައިސާ އިން ގުއާޓަމާލާގެ ކުރީގެ ރައީސަށް ހަދިޔާއެއްގެ ގޮތުގައި ހެލިކޮޕްޓަރެއް ގަނެދިން މައްސަލާގައި އެ ގައުމުގެ ކުރީގެ ދެ މިނިސްޓަރުން ހައްޔަރުކޮށްފި އެވެ.

ގުއާޓަމާލާގެ ކުރީގެ ޑިފެންސް މިނިސްޓަރު، މެނުއެލް ލޮޕޭޒް އަމްބްރޯސިއޯ އަދި ކުރީގެ އިންޓީރިއާ މިނިސްޓަރު މައުރީސިއޯ ލޮޕޭޒް ބޮނީލާ ހައްޔަރުކޮށްފައި ވަނީ ހިޔާނާތުގެ ދައުވާގަ އެވެ.

ދެމިނިސްޓަރުން ހަދިޔާއެއްގެ ގޮތުގައި ހެލިކަޕްޓަރު ދެއްވި ކުރީގެ ރައީސް އޮޓޯ ޕެރޭޒް މޮނީލާ ވެރިކަމުން އިސްތިއުފާ ދެއްވީ ގިނަ މަސްތަކެއް ގުއާޓަމާލާގެ ރައްޔިތުން އޭނާއާ ދެކޮޅަށް ކުރި މުޒާހަރާތަކާ ގުޅިގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އިސްތިއުފާ ދެއްވުމާ އެކު އޭނާ ވަނީ ކޮރަޕްޝަނުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ.

ގުއާޓަމާލާގެ އިސް ވެރިންގެ ކޮރަޕްޝަން ތަހުގީގުތައް ކުރިއަށް ގެންދަނީ ޔޫއެން އިން ބައިވެރިވާ އިންޓަނޭޝަނަލް ކޮމިޝަން އެގެއިންސްޓް އިމްޕިއުނިޓީ އިން ގުއާޓަމާލާ (ސީއައިސީއައިޖީ)ންނެވެ. (ބީބީސީ)

comment ކޮމެންޓް