ކޮންމެ ދުވަހަކު ކެރެޓު ކާންވީ ކީއްވެ؟

ލޮލަށާއި ހަންގަނޑަށް އެންމެ ފައިދާ ހުރި ކާނާއަކީ ކޮބައިތޯ އެހުމުން ގިނަ މީހުންގެ ޖަވާބަކަށް ވާނީ ކެރެޓެވެ. އަދި އެއީ ފެނު ކައްކައިގެން ނުވަތަ ޖޫސް ގިރައިގެން ނުވަތަ އެއްވެސް ގޮތެއް ނަހަދައި ވެސ ކެއުމަށް ގިނަ ބަޔަކަށް އެންމެ ކަމުދާ ތަރުކާރީ އެވެ. ވީމާ ކޮންމެ ގޮތެއް ހަދައިގެން ވެސް ގިނަ ގިނައިން ކެރެޓު ކާން ޖެހޭ ސަބަބުތަކުގެ ތެރޭގައި:

ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދޭ

ސްކޮޓެލޭންޑުގެ ވުލްފްސަން ގޭސްޓްރޯއިންޓެސްޓިނަލް ލެބޯރެޓަރީން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ތިން ހަފްތާ ވަންދެން ކޮންމެ ދުވަހަކު ކެރެޓު ކެއުމުން ކޮލެސްޓްރޯލްގެ މިންވަރު 11 ޕަސެންޓަށް ދަށްވެ އެވެ. އެހެންކަމުން ކެރެޓަކީ ހިތުގެ ބަލިތައް ޖެހުމުން ވެސް ދުރުކޮށްދޭ ތަރުކާރީއެކެވެ.

ގިނަ އަދަދަކަށް ވިޓަމިން އޭ އެކުލެވިގެންވޭ

ކޮށާފައިވާ ކެރެޓުގެ އެންމެ ޖޯޑަކުން ވެސް މީހާއަށް ކޮންމެ ދުވަހަކު ބޭނުންވާ ވިޓަމިން އޭ ގެ ބޮޮޑު ބައެއް ލިއްބައިދެ އެވެ. ކެރެޓު ކެއުމުން ލޮލަށް ފައިދާވާ ސަބަބަކީ އެއީ އެވެ. ލޮލުގެ އިތުރުން ވިޓަމިން އޭ އަކީ ހަށިގަނޑަށް ބޭނުންވާ ޓިޝޫ އުފެއްދުމަށް ވެސް މުހިއްމު މާއްދާ އެކެވެ.

ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވިގެންވޭ

ކެރެޓު ޖޫސް ބޯ ނަމަ އަދި ހާއްސަކޮށް އޭގެ ތެރެއަށް ލުނބޯ ނުވަތަ އޮރެންްޖު ފަދަ މޭވާއެއް އަޅައިގެން ބޯ ނަމަ އޭގެއިން ދުވާލަކު ހަށިގަނޑަށް ބޭނުންވާ މިންވަރަށް ވިޓަމިން ސީ ލިބޭނެ އެވެ. ވިޓަމިން ސީ އަކީ ހަންގަނޑާއި ދަތްތަކާއި ކަށި ވަރުގަދަ ކުރުމަށް ބޭނުންވާ ކޮލާޖެން އުފެއްދުމުގަައި މުހިއްމު ދައުރެއް އަދާކުރާ މާއްދާ އެެކެވެ.

ގިިނަ އަދަދަކަށް ފައިބަރ އެކުލެވިގެންވޭ

ފައިބާ އަކީ ގޮހޮރުން ފަސޭހަކަމާ އެކު ނަޖިސް ނައްތާލަން އެންމެ މުހިއްމު މާއްދާ އެވެ. ކެރެޓަކީ ގިނަ އަދަދަކަށް ފައިބަރ އެކުލެވިގެންވާ ތަރުކާރީއެއް ކަމުން އެއީ ހަޖަމުގެ ނިޒާމަށް ވަރަށް ފައިދާ ހުރި ތަރުކާރީއެކެވެ.

މައުލޫމާތު: ސްޓެތްނިއުސް

comment ކޮމެންޓް