ކޮރެއާ ސަރުކާރުން ހަދިޔާކުރި ކަނޑުގެ އަސްކަރީ އުޅަނދު ރާއްޖެ ގެނެސްފި

ކޮރެއާ ސަރުކާރުން ރާއްޖޭގެ އަސްކަރިއްޔާއަށް ހަވާލުކުރި ކަނޑުގެ އުޅަނދު --- ފޮޓޯ: އެމްއެންޑީއެފް

ދެކުނު ކޮރެއާގެ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކަނޑުގެ އަސްކަރީ އުޅަނދު މިއަދު ރާއްޖެ ގެނެސްފި އެވެ.

ކޮރެއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައި ވަނީ 20 މީޓަރު ދިގު، ކޯސްޓްގާޑުގެ ކޯސްޓަލް ޕެޓްރޯލިން އަށް ބޭނުންކުރާ އުޅަނދެކެވެ.

އެމްއެންޑީއެފް އިން ބުނީ ފަހުގެ ތާރީހެއްގައި އެ އުޅަނދު ކޯސްޓްގާޑުގެ ކަނޑުގެ ހިދުމަތަށް ނެރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޮރެއާގެ އިތުރުން މި އަހަރުގެ ކުރީކޮޅު، ބަންގްލަދޭޝް އިން ވެސް ވަނީ ރާއްޖެއަށް ނުވަ އެއްގަމު އުޅަނދު ހަދިޔާ ކޮށްފައެވެ.

އޭގެ އިތުުރުން، ދިވެހި އަސްކަރިއްޔާގައި ބޭނުންކުރުމަށް އިންޑިއާއިން ހަދިޔާކުރި ދެވަނަ ހެލިކޮޕްޓަރު މިދިޔަ މަހުގެ ތެރޭގައި ވަނީ ރާއްޖެ ގެނެސްފައެވެ.

comment ކޮމެންޓް