700 ހައުސިން ޔުނިޓުގެ ތެރެއިން 95 ޔުނިޓް އެޅުމަށް ދަމާސްއާ ހަވާލުކޮށްފި

ހުޅުމާލޭގައި 95 ހައުސިންގް ޔުނިޓު އަޅަން ބެޗް ކޮންސްޓްރަކްޝަނާ ހަވާލު ކުރުން --- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި އެސްޓީއޯ އިން ތަރައްގީކުރާ ހޮޓެލް ސަރަހައްދުގައި 95 "މިކްސްޑް ޔޫސް ރެސިޑެންޝަލް ޔުނިޓް" އެޅުމަށް ދަމާސްއާ ހަވާލުކޮށްފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ. ދަމާސްގެ ފަރާތުން އެއެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސާލިހެވެ.

އެ ކުންފުއްޏަށް އެ މަސައްކަތް ނިންމަން ދީފައި ވަނީ 26 މަސް ދުވަސް ކަމަށް އެޗްޑީސީ އިން ބުނެ އެވެ.

މިއީ މެދުފަންތީގެ 7،000 މީހުންނަށް ބޯހިޔާވަހިކަން ދިނުމަށް އަމާޒުކޮށްގެން ހުޅުމާލޭގައި ހިންގާ ޕުރޮޖެކްޓުގެ ދަށުން ދިން ޕުރޮޖެކްޓެކެވެ.

މީގެ ކުރިން ވަނީ އެޕޯލޯ އާއި ބެޗު ކޮންސްޓަރަކްޝަނަށް ވެސް އެ ހައުސިން ޔުނިޓްތަކުން ބައެއް ހަވާލުކޮށްފަ އެވެ.

comment ކޮމެންޓް