ރޯދަ ކައިރިވެފައިވާއިރު ރޯދަ ވިއްލުމުގެ މެނޫތައް މާލޭގެ މަޝްހޫރު ރެސްޓޯރެންޓުތަކުގައި އުޅެނީ 200 ރުފިޔާއަށްވުރެ މަތީ އަގުތަކެއްގަ އެވެ.
މާލޭގެ މަޝްހޫރު ރެސްޓޯރެންޓުތަަކުގެ އަގުތަކަށް ބަލާއިރު ސީހައުސްގެ ރޯދަވިއްލުމުގެ މެނޫ އުޅެނީ 260 ރުފިޔާ އަށެވެ. އަދި ބުރޭކް ވޯޓާގެ މެނޫ 235 ރުފިޔާއަށެވެ. ދޮންމަނިކު ސީވިއުގެ މެނޭގެ އަގަކީ 230 ރުފިޔާއަށެވެ.
ބައެއް މަޝްހޫރު އެހެން ރެސްޓޯރެންޓުތަކުން ބުނީ އަދި މެނޭގެ އަގު ނުނިންމާ ކަމަށާއި އަގުތައް ޔަގީން ވަނީ މިރޭ ކަމަށެވެ.
ފުރަތަމަ ރޯދަޔަށް ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ރެސްޓޯރެންޓުތަކުން ރޯދަ ވީއްލުމަށް ބުކިން ހަދައިފަ އެވެ.
އެހެން އަހަރުތަކަށް ބަލާއިރު 200 އިން ދަށުގެ މެނޫތައް މަޝްހޫރު ރެސްޓޯރެންޓުތަކުގައި ވެސް ހުރެ އެވެ. ނަމަވެސް މިފަހަރު އަދިނެތެވެ.