މަސްތުވާތަކެތި ބޭނުން ކުރިކަމުގެ ތުހުމަތުގައި ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓަރަކު ހައްޔަރުކޮށްފި

 ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ރަޝީދު ----

މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ތުހުމަތުގައި ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ރަޝީދު ހައްޔަރުކޮށްފި އެވެ.

އުމުރުން 38 އަހަރުގެ އިބްރާހީމް ރަޝީދު ހައްޔަރުކޮށްފައި ވަނީ ރޭ ތިނަދޫ ޕޮލިސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގަ އެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ ހައްޔަރުކުރި އިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ.

އިބްރާހީމް ރަޝީދު ހައްޔަރުކޮށް އޭނާގެ ހަށިގަނޑާއި އޭނާ ހުރި ސަރަހައްދު ބަލައި ފާސްކުރިއިރު އޭނާ ހުރި ދިމާ ބިންމަތިން، މަސްތުވާ ތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ތިނަދޫ ޕޮލިސްޓޭޝަނުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް