އަމިއްލަ ރެކޯޑް މުގާރާލުމަށް ފަހު ސަޖަން ގައުމީ ރެކޯޑް އާ ކޮށްފި

އިންޑިއާ ގައި މިއަހަރު ކުރިއަށްދިޔަ 12 ވަނަ ސައުތު އޭސިއަން ގޭމްސްގައި ސަޖަން(ވ) ރިހި މެޑަލްއާ އެކު ކޮއްކޮ ސަޖީނާއާ އެކު --- ފައިލް ފޮޓޯ: ހުސެން ސިނާން

އަންހެނުންގެ 400 މީޓަރު ފްރީސްޓައިލް އިވެންޓުން އާމިނަތު ސަޖަން މީގެ ކުރިން ހަދާފައިވާ އަމިއްލަ ރެކޯޑް މުގުރާލުމަށްފަހު ގައުމީ ރެކޯޑް އާ ކޮށްފިއެވެ.

ފެތުމުގެ އިންޓަނޭޝަނަލް މުބާރާތަކުން ފުރަތަމަ ފަހަރަށް ރާއްޖެ އަށް މެޑަލް އެއް ހޯދައިދިން ޒުވާން ފެތުންތެރިއާ ސަޖަން، އަންހެނުންގެ 400 މީޓަރު ފްރީސްޓައިލްގެ ގައުމީ ރެކޯޑް އާ ކުރީ މެލޭސިއާގައި މިހާރު ކުރިއަށްދާ 59 ވަނަ މައިލޯ/ޕްރަމް މެލޭޗިއަން އޯޕަން ސްވިމިންގ ޗެމްޕިއަންޝިޕްސް 05:10.57 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

އެ އިވެންޓްގެ ޤައުމީ ރެކޯޑް އެންމެ ފަހުން ސަޖަން އާކޮށްފައި ވަނީ މިއަހަރު ތައިލަންޑްގައި ބޭއްވި ސްޕީޑޯ ތައިލަންޑް އޭޖް ގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި 400 މީޓަރ ފްރީސްޓައިލް އިވެންޓް 05:11.59 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މިއީ މިއިވެންޓްގެ ޤައުމީ ރެކޯޑް މިއަހަރު ތެރޭގައި ސަޖަން އާކުރި 3 ވަނަ ފަހަރު ކަން ފާހަގަކޮށްލެވެ އެވެ.

comment ކޮމެންޓް