ބިޕާޝާ އާއި ކަރަން އުފަލުން ފޮޅިފައި!

ބިޕާޝާގެ މެހެންދީ ހަފުލާ ތެރެއިން، ކަރަން އާއި ބިޕާޝާ --- ފޮޓޯ: ޓުވިޓާ

މިއަދުގެ ވަގުތެއްގައި ކައިވެނީގެ ގޮތުން ގުޅުމަށް ހަމަޖެހިފައިވާ ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން، ބިޕާޝާ ބާސޫ އާއި ކަރަން ސިންގު ގްރޯވަރު އުޅެނީ ކައިވެނީގެ ކުރިން ކުރިއަށް ގެންދަން ޖެހޭ "ރަސަމް" ތަކާއިގެން އަވަދި ނެތި އެވެ.

ދެ ތަރިންގެ މޫނުމަތިން ވެސް ފެންނަމުންދަނީ އުފާވެރިކަމާއި ހިނިތުން ވުމެވެ. އަދި ކައިވެނި ފަދަ މާތް ގުޅުމަކުން މިއަދު ދެ އެ ދެތަރިން ގުޅިގެން ދާއިރު، އެއްވެސް ވަރަކަށް ހާސްވެ ބިރު ނުގަންނަ ކަމަށް ދެ ތަރިން ވެސް ވަނީ ބުނެފަ އެވެ.

"އަހަރުމެން ބިރެއް ނުގަނޭ. އަހަރުމެން މިތިބީ ވަރަށް އުފާވެފައި. ތި މީހުން އަހަރުމެން ދެކެ ލޯބިވާތީ ވަރަށް އުފާވޭ. މީޑީއާ އާއި ފޭނުންނަށް ވެސް ޝުކުރު އަދާކުރަން"، ބިޕާޝާ ބުންޏެވެ.

ހަބަރުތައް ބުނާ ގޮތުން، ބިޕާޝާގެ "މެހެންދީ" ހަފުލާ އިއްޔެގެ ވަގުތެއްގައި ވަނީ ޖޫހޫގައި ކުރިއަށް ގެންގޮސްފަ އެވެ. އެ ދެ ތަރިންގެ ކައިވެނީގެ ހަފުލާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބެންގާލީ ސަގާފަތާ އެއްގޮތަށް ކަމަށް ވެސް ހަބަރުތައް ބުނެ އެވެ. އެހެންނަމަވެސް އެ ދެތަރިން ކައިވެނި ކުރަނީ މިއަދުގެ ކޮން ވަގުތެއްގައި ކަމެއް ސާފެއް ނުވެ އެވެ.

ބިމާޝާގެ މެހެންދީ ހަފުލާގައި، ޝިލްޕާ ޝެޓީ، ޝަމީތާ ޝެޓީ، ސޯފީ ޗޯދުރީ ފަދަ ބިޕާޝާފެ ގާތް ރަހުމަތްތެރިން ބައިވެރިވި އެވެ.

ކަރަން އާއި ބިޕާޝާ ލޯބީގެ ގޮތުން ގުޅިފައި ވަނީ ދެ މީހުން އެކުގައި ފެނިގެން ދިޔަ ފިލްމު "އެލޯން" ޝޫޓު ކުރުމުގެ ތެރޭގައި އެވެ.

މިއަދު ބިޕާޝާ އަލަށް ކައިވެނި ކުރި ނަމަވެސް، މިއީ ކަރަންގެ ތިން ވަނަ ކައިވެންޏެވެ. އޭނާ އެންމެ ފުރަތަމަ ކައިވެނި ކުރީ ޓީވީ ބަތަލާ ޝްރައްދާ ނިގަމް އާ އެވެ. ޝްރައްދާ ވަރިކުރުމަށްފަހު ދެން ކައިވެނި ކުރީ ޖެނިފާ އާ އެވެ.

ދެހާސް ބާރަ ވަނަ އަހަރު ޖެނިފާ އާއެކު ކަރަން ކުރި ކައިވެނި، ރޫޅުނީ މި އަހަރު އެވެ. އެ ކައިވެނި ރޫޅެން ދިމާވި ސަބަބަކީ ބިޕާޝާ އެވެ.

މައުލޫމާތު: އިންޑިއަން އެކްސްޕްރެސް

comment ކޮމެންޓް