މާލެ ތެރޭގައި ހުޅުޖަހަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ދޫކޮށްލުމަށް ފަހު އަލުން ހައްޔަރުކޮށްފި

ފުލުހުން ހައްޔަރުކުރ މީހަކު ފުލުހުންގެ ޖިޕަށް އަރުވަނީ -- ސަންފައިލް ފޮޓޯ

މާލެތެރޭގައި ހުޅުޖަހަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހުސައިން ޝާހިދު ދޫކޮށްލުމަށް ފަހު މަނީލޯންޑްރިންގް މައްސަލައެއްގެ ތުހުމަތުގައި އަލުން ހައްޔަރުކޮށްފި އެވެ.

ހުޅުޖަހަން އުޅުނުކަމުގެ ތުހުމަތުގައި ޝާހިދު ފުލުހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ ފެބުރުއަރީ މަހުގެ 19 ވަނަ ދުވަހު އެވެ. މިދިޔަ ބުރާސްފަތި ދުވަހު އޭނާ ދޫކޮށްލުމަށް ފަހު އަލުން ހައްޔަރުކޮށްފައި ވަނީ މަނީ ލޯންޑްރިންގް މައްސަލައެއްގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން' އަށް ވިދާޅުވީ މާލޭގެ އެކި ސަރަހައްދުތަކުގައި ހުޅުޖަހަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު މިދިޔަ ބުރާސްފަތި ދުވަހު ދޫކޮށްލުމަށް ފަހު މަނީލޯންޑްރިންގް މައްސަލައެއްގައި އަލުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާ އަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ދެބެންގެ ދެދަރި ކޮއްކޮއެއްކަން އެނގިފައިވެ އެވެ. އެނގިފައިވާ ގޮތުން އޭނާ ހައްޔަރުކޮށްފައި ވަނީ ދޫނިދޫ އިން ދޫކޮށްލުމުން އައިސް މާލޭ ޖެޓީއަށް ފޭބި ވަގުތު އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް ހުރީ ފުލުހުންގެ ބަންދުގަ އެވެ. އެއީ ރައީސް ޔާމީން ދަތުރުފުޅުކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމުގެ ތުހުމަތާއި ހިޔާނާތުގެ މައްސަލަތަކެއްގެ ތުހުމަތުގަ އެވެ.

comment ކޮމެންޓް