ހުކުރު މިސްކިތުގެ މަރާމާތުތައް ނިންމައި މިނިސްޓްރީއާ ހަވާލުކޮށްފި

ހުކުރު މިސްކިތް-- އެމިސްކިތް ވަނީ މަރާމާތަށް ބަންދުކޮށްފައި-- ސަން ފޮޓޯ: ފަޔާޒު މޫސާ

މަރާމާތުތަށް މިދިޔަ އަހަރު ނޮވެމްބަރު މަހު ބަންދު ކުރި މާލޭ ހުކުރު މިސްކިތުގެ މަސައްކަތްތަށް ނިންމައި އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށް ހެރިޓޭޖު ޑިޕާޓުމަންޓުން ބުނެފި އެވެ.

ހެރިޓޭޖްގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެޑިޕާޓްމެންޓުން ކުރަން ބޭނުންވާ މަރާމާތުތައް ކުރުމަށް ފަހު މިސްކިތް އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ހެރިޓޭޖުންކޮށްފައި ވަނީ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތާއި ކަތުރު ފަނި ނައްތާލުމުގެ މަސައްކަތެވެ.

އެ މިސްކިތް އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފައިވީ ނަމަވެސް އަދި އެމިސްކިތުގައި ނަމާދުކުރާކަށް ނުފަށަ އެވެ. އެ މިސްކިތް އަލުން ހުޅުވުމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

މިއަދު ވެސް އެމިސްކިތުގެ ބައެއް މަރާމާތްތައް ކުރަމުން އެބަދެ އެވެ.

މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި އެ މިސްކިތް ބަންދު ކޮށްފައި ވަނީ މިސްކިތުގައި ކަތުރު ފަނީގެ އަސަރު ވަރަށް ބޮޑަށް ހުރިކަން ފާހަގަ ކުރެވިގެންނެވެ.

comment ކޮމެންޓް