ސ. ހުޅުދު އާއި މީދޫގައި ނަރުދަމާގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި

ރަށެއްގެ ނަރުދަމާގެ މަސައްކަތް ފަށަނީ: ސ. ހުޅުދުއާއި މީދޫގައި ނަރުދަމާގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސުން މިއަދު ވަނީ އިއުލާނުކޮށްފައި -- ސަން ފައިލް ފޮޓޯ

ސ. ހުޅުދު އާއި ސ. މީދޫގައި ނަރުދަމާ ނިޒާމު ގާއިމުކޮށް އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީ އިން އިއުލާނުކޮށްފި އެވެ.

ފިނޭންސުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ނަރުދަމާ ވިޔުގަ ގާއިމުކުރުމާއި، ލިފްޓިން ސްޓޭޝަނާއި ޕަމްޕް ސްޓޭޝަންސް އަދި ސީ އަދި ސީ އައުޓް ފޯލް ގާއިމުކުރުމާއި، ސްވޭޖް ޓްރީޓްމަންޓް ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ކަމަށެވެ.

ފިނޭންސުން ބުނީ ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ. ފައިސާ ބަލައިގަންނާނީ މާދަމާއިން ފެށިން އަންނަ ޖޫން މަހުގެ 20ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 1:30 އަށް ކަމަށް ފިނޭންސުން ބުންޏެވެ.

ފިނޭންސުން ބުނީ ޕްރޮޖެކްޓުގެ ބިޑްސެކިއުރިޓީގެ ގޮތުގައި 30,000 ޑޮލަރު ނުވަތަ 462,600 ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 148 ދުވަހެވެ. ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގު ކަމަށާއި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 15 ޕަސެންޓް އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެ ކަމަށް ފިނޭންސުން ކޮށްފައިވާ އިއުލާނުގައި ވަނީ ބުނެފަ އެވެ.

ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހު ހެނދުނު 10:00ގައި ކަމަށް ވެސް ފިނޭންސުން ބުންޏެވެ. ބީލަން ހުޅުވުން އޮންނާނީ އަންނަ ޖޫން މަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 11:00ގަ އެވެ.

އެ މަސައްކަތަށް ބީލަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ފަރާތްތަކަށް ހުޅުވާލައިފަ އެވެ.

އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދިވެހިސަރުކާރަށް ލޯނު އެހީގެ ގޮތުގައި ލިބިފައިވާ ފައިސާ އިން ނެވެ.

comment ކޮމެންޓް