"ހައުސްފުލް 3"ގެ ޝޫޓިންގް ނިންމަލައިފި

ހައުސްފުލް ތިނެއްގެ ކާސްޓުން ---

ހައުސްފުލްގެ އެއް ވަނަ ފިލްމާއި ދެ ވަނަ ފިލްމަކީ ވެސް ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ފިލްމުތަކެކެވެ. އެ ސީރީސްގެ ފުރަތަމަ ފިލްމު 2010 ވަނަ އަހަރު ރިލީސް ކުރި އިރު، ދެވަނަ ފިލްމު ރިލީސް ކޮށްފައި ވަނީ 2012 ވަނަ އަހަރު އެވެ.

ދެވަނަ ފިލްމަށް ފަހު ހައުސްފުލްގެ ތިން ވަނަ ފިލްމުގެ މަސައްކަތް ވެސް މިހާރު އެވަނީ ނިންމުމުގެ މަގުމަތީގަ އެވެ. ޖޫން މަހުގެ ތިން ވަނަ ދުވަހު ރިލީސް ކުރުމަށް ހަމަޖެހިފައިވާ އެ ފިލްމުގެ ޝޫޓިންގް މިހާރު މުޅިން ނިންމާލެވިފައިވާކަން މިހާރު ވަނީ ހާމަކޮށްފަ އެވެ.

ހައުސްފުލްގެ ތިން ވަނަ ވަނަ ފިލްމުގެ ޝޫޓިންގު އެއްކޮށް ނިންމާލެވިފައިވާކަން، އެ ފިލްމުގައި މުހިއްމު ރޯލެއް އަދާ ކުރާ ރިތޭޝް ދޭޝްމުކް ވަނީ ޓުވިޓާ މެދުވެރިކޮށް ހާމަކޮށްފަ އެވެ.

ހައުސްފުލްގެ ތިން ވަނަ ފިލްމުގައި ރިތޭޝްގެ އިތުރުން، އަކްޝޭ ކުމާރް، ޖެކޮލިން ފެނާންޑަޒް، އަބީޝޭކް ބައްޗަން، ނަރްގިސް ފަޚްރީ އަދި ލީސާ ހޭޑަން ފެނިގެންދާނެ އެވެ.

comment ކޮމެންޓް