ކުޅުދުއްފުށްޓާއި ފުނަދޫގެ އެއާޕޯޓު އީއައިއޭ ހެދުމަށް ތިން ކުންފުންޏަކުން މައުލޫމާތު ސާފުކޮށްފި

ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދޫގައި އެއާޕޯޓު ހެދުމަށް ހަދަންޖެހޭ އެންވަޔަރަންމެންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމަށް ތިން ކުންފުންޏަކުން މައުލޫމާތު ސާފުކޮށްފިއެވެ.

އެދެ ރަށުގައި އެއާޕޯޓް ހެދުމަށް ހަދަންޖެހޭ އީއައިއޭ ހެދުމަށް ޝައުގުވެރިވެ މައުލޫމާތު ސާފުކޮށްފައިވަނީ ދިވެހި ތިން ކުންފުންޏަކުންނެވެ. އީއައިއޭ ހެދުމަށް ބިޑް ހުށަހަޅަން ޖެހެނީ އަންނަ އާދިއްތަ ދުވަހުއެވެ.

ރީޖަނަލް އެއާޕޯސްޓް އޮތޯރިޓީގެ ޑިރެކްޓަރު ސާމީ އަގީލް މިއަދު 'ސަން'އަށް ވިދާޅުވީ، އެދެ އެއާޕޯޓުގެ އީއައިއޭ ހެދުމުގެ މަސައްކަތް ބިޑު ކުރާތާ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރެވިގެންދާނެ ކަމަށެވެ.

އެ ދެ ރަށުގައި ހަދާ އެއާޕޯޓުގެ އީއައިއޭ ރިޕޯޓް ލިބުނުހާ އަވަހަކަށް އެއާޕޯޓް ހަދަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައި ބަޔަކާ ހަވާލު ކުރެވިގެންދާނެ ކަމަށްވެސް ސާމީ ވިދާޅުވިއެވެ.

ކުޅުދުއްފުއްޓާއި ފުނަދޫގައި ހެދުމަށް ނިންމާފައިވާ އެއާޕޯޓަކީ ވަރަށް ކުރިންސުރެ އިއުލާންކޮށްފައިވާ ދެ މަޝްރޫއެވެ.

comment ކޮމެންޓް