މުލީއާގޭ ކައިރީގައި ބޮން ގޮއްވަން އުޅުނު ކަމަށް ބެލެވޭ ހަތަރު މީހުން ޖަލުގައި ބަންދުކުރުމަށް އަމުރުކޮށްފި

2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މުލީއާގެ ކައިރީގައި އައިއީޑީއެއް ބޭއްވި މައްސަލައާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މީހުން މިއަދު ކޯޓުން ނެރެނީ ---- ސަން ފޮޓޯ: އަހްމަދު އާޒިފް

މުލީއާގެ ކައިރިން އައިއީޑީއެއް ފެނުނު މައްސަލާގައި ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ހަތަރު މީހުން ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފި އެވެ.

އެ މައްސަލާގައި ދައުވާ އުފުލާފައިވާ މީހުންނަކީ ތ. ތިމަރަފުށީ ވިލާ، ޒިހާން އަހްމަދާއި ހއ. ހޯރަފުށީ އާރޯ އަހްމަދު މަމްދޫހާއި މ. ހީރޯ، މުހައްމަދު އުބައިދު އިބްރާހީމް އަދި ހ. މިޓާޒް ތޮލްހަތު މުހައްމަދެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ ހަތަރު މީހުންގެ ތެރެއިން އެކަކުގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ކަމަށެވެ. އަދި ދެންތިބި ތިން މީހުންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މުލީއާގެ ކައިރިން އައިއީޑީއެއް ފެނިފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މުލީއާގެ ކައިރީގައި އައިއީޑީއެއް ބޭއްވި މައްސަލައާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މީހުން މިއަދު ކޯޓުން ނެރެނީ ---- ސަން ފޮޓޯ: އަހްމަދު އާޒިފް

އައިއީޑީ ފެނުމާއެކު އެމްއެންޑީއެފުން ވަނީ ސްޓޭޑިއަމް ސަރަހައްދަށް ގެންގޮސް އެޑިވައިސް ނުގޮވާގޮތަށް ހަދައިފައެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ މުލީއާގެ ކައިރީގައި އައިއީޑީ ބޭއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަވަހާރަކޮށްލުމުގެ ބޭނުމުގައި ކަމަށެވެ.

comment ކޮމެންޓް