ބިތުފަންގިއަށް މައުލޫމާތު ހޯދަން ދިއުމުން "ފަހާ ބޭރުކުރީ": ޓެޑްރީ

ބިތުފަންގި ސީރީޒް ޕްރިމިއާ ކުރުމަށް މިރޭ އޮލިމްޕަހުގައި ބޭއްވި ރަސްިއްޔާތުގެ ތެރެއިން -- ސަންފޮޓޯ / ފަޔާޒު މޫސާ

އޭސީސީގެ "ބިތުފަންގި" ޑްރާމާގެ ރިސާޗަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ސަރުކާރުގެ އޮފީސްތަކަށް އެޕޮއިންޓްމެން ހައްދައިގެން ދިއުމުން "ފަހާލާފައި ބޭރު ކުރީ" ކަމަށް ބިތުފަންގީގެ ޑައިރެކްޓަރު އަދި އެޓާނަލް ޕިކްޗާޒްގެ ވެރިޔާ މުހައްމަދު ނިޔާޒު (ޓެޑްރީ) ބުނެފި އެވެ.

"ބިތުފަންގި" ސީރީޒް ޕްރިމިއާ ކުރުމަށް މިރޭ އޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޓެޑްރީ ބުނީ ބިތުފަންގި ޕްރޮޖެކްޓްގެ ސަބްޖެކްޓްގެ ބާވަތުން ހީނުކުރާ ކަންތައްތަކެއް ދިމާވެގެން ދިޔަަ ކަމަށެވެ. އެއީ ކޮރަޕްޝަނަށްވުމުން މައުލޫމާތު ހޯދުމުގައި އުނދަގޫތަކެއް ކުރިމަތިވި ކަމަށް ޓެޑްރީ ބުންޏެވެ. އެކަމުގެ ސަބަބުން ޕްރޮޖެކްޓް ނިންމުމަށް އަންދާޒާކުރި މުއްދަތު "ތިންގުނައަށް ދެމިގެން" ދިޔަ ކަމަށް ޓްޑްރީ ވަނީ ފާހަގަކޮށްފަ އެވެ.

ބިތުފަންގި ސީރީޒް ޕްރިމިއާ ކުރުމަށް މިރޭ އޮލިމްޕަހުގައި ބޭއްވި ރަސްިއްޔާތުގެ ތެރެއިން -- ސަންފޮޓޯ -- ފަޔާޒު މޫސާ

"މައުލޫމާތު ފޯރުކުރުމުގައި ދެކޮޅު ހެދުން. މައުލޫމާތު ހޯދުމުގައި ހުރި ހުރަސްތައް. ސްކްރިޕްޓް ޑެވަލޮޕް ކުރުމަށްޓަކައި ބޭނުންވާ ރިސާޗު މަސައްކަތުގެ ތެރޭގައި ސަރުކާރުގެ އޮފީހަކަށް އެޕޮއިންޓްމެންޓް ނަގައިގެން ގޮސްވަނީމާ އެންމެ އާދައިގެ ބަހުރުވައިން ދަންނަވާނަމަ ފަހާ ބޭރުކުރީ. ފަހާލާފައި ބޭރު ކުރީ ދިވެހި ރައްޔިތެއްގެ ގޮތުން އިހުތިރާމް ވެސް ނުލިބުނު،" ޓެޑްރީ ބުންޏެވެ.

އޭސީސީގެ ބިތުފަންގި ޕްރޮޖެކްޓް މިހާ ހިސާބަށް ގެނައުމުގައި ވަރަށް ގިނަ ބައެއްގެ މަސައްކަތްތަށް ހިމެނޭ ކަމަށް ޓެޑްރީ ބުންޏެވެ. އަދި ޕްރޮޖެކްޓްގެ ތެރެއިން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔައީ ރާއްޖޭގެ ވަރަށް ސީނިއާ އާޓިސްޓުންތަކަކާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން ދިއުން ކަމަށް ޓެޑްރީ ވަނީ ފާހަގަ ކުރައްވާފަ އެވެ.

"މި ޕްރޮޖެކްޓުގެ 13 އެޕިސޯޑުގައި މައްކަތް ކުރެވުގެންދިޔައިރު ގާތްގަނޑަކަށް 70 ވަރަކަށް އާޓިސްޓުންނާ އެކު މަސައްކަތް ކުރެވުނު. މިއީ ވަރަށް ބޮޑު އަދަދެއް. މިހާ ހިސާބަށް އައިއިރު އަޅުގަނޑު ކުރެވިފައި ހުރި މަސައްކަތްތަކުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކޮށްލަން ޖެހޭ އެއްކަމަކީ ތިންވަނަ އެޕިސޯޑު ޑެލިވަ ކުރުމާއި ހަމައިން ޕްރޮޑަކްޓާ ދޭތެރޭ ވަރަށް ބޮޑު ސަމާލުކަމެއް ދެއްވަން ފެއްޓެވި،" ޓެޑްރީ ބުންޏެވެ.

ބިތުފަންގި ސީރީޒް ޕްރިމިއާ ކުރުމަށް މިރޭ އޮލިމްޕަހުގައި ބޭއްވި ރަސްިއްޔާތުގެ ތެރެއިން -- ސަންފޮޓޯ -- ފަޔާޒު މޫސާ

ޓެޑްރީ ބުނީ އޭނާ ކުރި މަސައްކަތްތަކުގެ ތެރެއިން ކްރިއޭޓިވިޓީއަށް ޖާގަދީ މަސައްކަތް ކުރަން ލިބުނު ހަމައެކަނި ފުރުސަތަކީ ބިތުފަންގި ޕްރޮޖެކްޓް ކަމަށެވެ. އެކަމަށްޓަކައި އޭސީސީއަށް ޓެޑްރީ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. ޓެޑްރީ ބުނީ ކޮރަޕްޝަނުގެ ވިހަ ރާއްޖޭގައި ނުފެތުރޭ އެއްވެސް ދިމާލެއް ނެތް ކަމަށް ގަބޫލުކުރާ ކަމަށެވެ. ބިތުފަންގި ޕްރޮޖެކްޓަށް ރިސާޗުކުރުމުގެ ތެރެއިން ލޯހުޅުވި ކޮރަޕްޝަނަކީ ކޮބައިކަން އެނގިގެން ހިނގައްޖެކަމަށް ޓެޑްރީ ބުންޏެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ ޓެޑްރީ ބިތުފަންގި ޕްރޮޖެކްޓުގެ މަސައްކަތް ކޮށްދެއްވީ އުޖޫރައަކަށް ނޫން ކަމަށެވެ. އަދި އޭސީސީއިން ޓެޑްރީއަށް ދިން އުޖޫރައާ ބަލާއިރު އެއީ ވަރަށް ކުޑަ އެއްޗެއް ކަމަށެވެ. އޭގެ އިތުރުން ސީރީޒްތައް ފުރިހަމަ ވެގެން ދިޔައީ އޭސީސީގެ މުވައްޒަފުންގެ ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ކަމަށާއި އެކަމަށްޓައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ލުތުފީ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ބިތުފަންގި ސީރީޒް ޕްރިމިއާ ކުރުމަށް މިރޭ އޮލިމްޕަހުގައި ބޭއްވި ރަސްިއްޔާތުގެ ތެރެއިން -- ސަންފޮޓޯ -- ފަޔާޒު މޫސާ

ބިތުފަންގި ޓީވީ ސިލްސިލާ 2 މިރޭ އިފްތިތާހުކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ އެވެ. މިރޭގެ ހަފްލާގައި އޭސީސީގެ ރައީސް ހަސަން ލުތުފީގެ އިތުރުން ޑްރާމާގެ ތަރިންނާއި މީޑިއާއިން ގިނަ ބަޔަކު ވަނީ ބައިވެރިވެފަ އެވެ.

މިރޭގެ ރަސްމިއްޔާތުގެ އޭސީސީގެ ފަރާތުން ވަނީ ރޯލް ޕްލޭއެއް ހުށަހަޅާދީފަ އެވެ. އަދި ބިތުފަންގި ދެއްކުމަށް ބައިވެރިވި މީޑިއާތަކަށް ވަނީ ހާއްސަ ހަނދާނީ ފިލައެއް އަރުވާފަ އެވެ.

comment ކޮމެންޓް