ގޫގްލްގެ އުފެއްދުންތައް ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތު އަނބުރާ ގޫގްލްއަށް

ގޫގްލް ކުންފުނިން އުފައްދާ ފޯނުތައް ބޭނުން ކުރާ މީހުން ދާ ތަންތަން ގޫގުލްގެ މައި އޮފީހަށް ލިބޭގޮތަށް ހަދާފައި ވާކަން އިއްޔެ ފަޅާ އެރުމާ ގުޅިގެން ގޫގުލްގެ އުފެއްދުންތައް ބޭނުން ކުރާ މީހުންގެ ނުރުހުން އެ ކުންފުންޏަށް އަމާޒުވެއްޖެ އެވެ.

ގޫގުލްއާ ބެހޭ ގޮތުން މި މައުލޫމާތު އާއްމު ވެފައި މިވަނީ އެޕަލް އައިފޯނާއި އައިޕެޑް ބޭނުން ކުރާ މީހުން ދާ ތަންތަން އެތަކެތީގައި އެތައް މަހެއް ވަންދެން ރައްކާކުރެވިފައި ހުންނަކަން އެނގިގެން ގިނަ ބަޔަކު ރުޅިއައިސްފައި ތިއްބަ އެވެ.

ގޫގްލްގެ އުފެއްދުމެއްކަމަށްވާ އެންޑްރޮއިޑް އެޗްޓީސީ ފޯނެއް ބޭނުންކުރާ މީހާ ދާ ތަންތަން މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ގޫގުލްގެ މައި އިދާރާއަށް ޓްރާންސްމިޓް ކުރާކަން މިހާރު ވަނީ ފަޅާއަރާފަ އެވެ. މިކަން ހާމަކޮށްފައި ވަނީ ސަލާމަތީ ކަންތައްތަކާ ބެހޭ ދިރާސާ ކުރައްވާ ބޭފުޅެއްކަމަށްވާ ސާމީ ކަމްކަރު އެ މައުލޫމާތު ވޯލް ސްޓްރީޓް ޖާނަލްއަށް ދެއްވުމުންނެވެ.

ފޯނު ބޭނުން ކުރާ މީހާ ހުރި ތަނުގެ އިތުރުން އެމީހާ ހުރި ތަނާއި ކައިރީގައިވާ ވައިފައި ޒޯންގެ ނަމާއި އެޒޯންގެ ސިގްނަލްގައި ބާރު ހުރި މިންވަރު ވެސް ގޫގުލްގެ އެޗްޓީސީ ފޯނުން ޓްރާންސްމިޓް ކުރެއެވެ.
ލޮކޭޝަން ޑޭޓާ ( ހުރި ތަނާއި ބެހޭ މައުލޫމާތު) ބޭނުން ކުރަމުން ދާކަމަށް ގޫގްލްއާއި އެޕަލް އިން ކުރިން ވެސް ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް އެކަން ކުރަނީ ވައިފައި ހޮޓްސްޕޮޓްތަކާބެހޭ ޓޭޑާ ބޭސްއެއް ގާއިމް ކުރުމަށް ކަމަށް ދެ ކުންފުނިން ވެސް އޭރު ބުންޏެވެ.

އަދި އެކަމުގެ ސަބަބުން އެކުންފުނިތަކަށް ވަކި ސަރަހައްދަކަށް އަމާޒުކޮށް ހިދުމަތް ދީގެން ނަފާ ހޯދިދާނެ ކަމަށް ވެސް އެ ދެ ކުންފުނިން ކުރިން ބުނެފައި ވެއެވެ. ގޫގްލް އިން އެފަދަ ހިދުމަތްތައް ދީގެން މިހާރު ވެސް އަންނަނީ 2.9 ބިލިޔަން ޑޮލަރުގެ އާމްދަނީއެއް ހޯދަމުންނެވެ.
ގޫގްލް އާއި އައިފޯނުން ލޮކޭޝަން ޑޭޓާ ބޭނުންކޮށްގެން ބޮޑު އާމްދަނީއެއް ހޯދަމުން ދާއިރު އެކަމާ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކެނެޑާގެ އޮފީސް ފޯ ދަ ޕްރައިވެސީ ކޮމިޝަނަރގެ ތަރުޖަމާން ދަ ޖާނަލްއަށް މައުލޫމާތު ދެއްވި ކަމަށް ޑެއިލީ މެއިލް ބުނާ ގޮތުގައި ގޫގުލް އިން ވައިފައި ޑޭޓާ ހޯދުމަށް މޯބައިލް ފޯނު ބޭނުން ކުރާތީ އެއޮފީހުން ކަންބޮޑުވެއެވެ. އަދި އެކަން ވާނީ ގޫގުލްއަށް އަންގާފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. - ޑެއިލީ މެއިލް
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު