އިންޑިޔާގައި އޮތް ރާއްޖޭގެ ބޯޓެއް ތެލާއި ފެނަށްޖެހި ފަޅުވެރިން ހާލުގައި

އިންޑިޔާގެ ޓްޓިކޮރިން ބަނދަރުގައި އޮތް ރާއްޖޭގެ އާގުބޯޓަކުން ތެލާއި ފެން ހުސްވެގެން ހާލުގައި ޖެހިފައި އޮންނަތާ ހަތަރު ދުވަސް ވެފައިވާ ކަމަށް އެ ބޯޓްގެ ފަޅުވެރިން ބުނެފި އެވެ.

ރާއްޖޭގެ ޝިޕިން ލައިނެއް ކަމަށްވާ ގޭޓްވޭ ޝިޕިން ލިމިޓެޑުން އޮޕަރޭޓްކުރާ "ގޭޓްވޭ ޕްރިސްޓީޖް" ނަމަކަށް ކިޔާ ބޯޓްގެ ފަޅުވެރިން މައުލޫމާތު ދިން ގޮތުގައި އެ ބޯޓުން ތެލާއި ފެން ހުސްވެ، ހާލުގައި ޖެހިފައި ވަނީ އެ ބޯޓްގައި އެފަދަ ކަމަކަށް ހަރަދުކުރާނެ ފައިސާ ނެތިގެން ކަމަށެވެ. ބޯޓުގެ ފަޅުންވެރިންނާ ހަވާލާދީ ބައެއް އެހެން ފަރާތްތަކުން ވެސް އެ މައުލޫމާތު ސަންއަށް މިއަދު ހިއްސާ ކުރި އެވެ.

މިގޭޓްވޭ ޝިޕިން ލިމިޓެޑްގެ ވެރިޔާ މުހައްމަދު ޝަރީފު ( ޖަކާޓާ ޝަރީފު) މިއަދު ވިދާޅުވީ އިންޑިޔާގެ ޓްޓިކޮރިން ބަނދަރުގައި އޮތް އެ ކުންފުނީގެ ގޭޓްވޭ ޕްރިސްޓީޖް ބޯޓު ތެލަށް ޖެހިފައިވާ ކަމަށާއި ނަމަވެސް އެ ބޯޓުން އަދި މުޅިން ތެޔޮ ހުސް ނުވާ ކަމަށެވެ.

" ޓްޓިކޮރިން ބަނދަރުގައި އެލޯންސައިޑް ކުރެވެނީ ކިއު ތަރުތީބުން. އަޅުގަނޑުމެންގެ ބޯޓަށް އަދި އެލޯންސައިޑް ކުރުމުގެ ފުރުސަތު ކިއުތަރުތީބަކުން ނުލިބޭ ، ބޭރުގައި އޮންނަ އިރު ތެލާއި ފެން އަޅައި ދިނުމުގެ ހިދުމަތެއް އެބަނދަރަކުން ނުލިބޭ،" ޝަރީފު ވިދާޅުވި އެވެ.

ޝަރީފު އަދި ވިދާޅުވީ ބޯޓު ތެލަށް ޖެހިފައި ވިޔަސް ފެނަށް ނުޖެހޭ ކަމަށާއި ބޯޓަށް އެހީވުމަށް މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު