އަހަންނާއި ކޭޓަށް "ޓައިޓޭނިކު" އަކީ އެކްސްޕެރިމެންޓެއް: ލިއޮނާޑޯ

ލިއޮނާޑޯ ޑިކެޕްރިއޯ އަދި ވިންސްލެޓް --

ނަވާރަ ސަތޭކަ ނުވަދިހަ ހަތް ވަނަ އަހަރު ރިލީޒު ކުރި "ޓައިޓޭނިކް" އަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާ ކޮށް އުފައްދާފައިވާ ފިލްމެކެވެ. މިއަދާ ހަމައަށް އައިއިރު ވެސް އެ ފިލްމަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ފިލްމެކެވެ.

ބޮޑު ހޭދައެއްކޮށްގެން އުފައްދާފައިވާ "ޓައިޓޭނިކު" އަށް ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ލިބުނު އެއް ސަބަބަކީ އެ ފިލްމުގެ ލީޑު ރޯލުން ފެނިގެން ދިޔަ ދެ ތަރިން ކަމުގައި ވެސް ބުނެވިދާނެ އެވެ.

ފިލްމުގެ ބަތަލު ލިއޮނާޑޯ ޑިކެޕްރިއޯ ބުނީ އޭނާ ޓައިޓޭނިކު ކުޅުމަށް ސޮއި ކުރި އިރު، އެއީ އެހާ ބޮޑު ކާމިޔާބީއެއް ލިބޭނެ ފިލްމެއް ކަމަށް އުއްމީދު ނުކުރާ ކަމަށެވެ.

"ޓައިޓޭނިކު އަކީ އަހަންނާއި ކޭޓު ވިންސްލެޓު (ފިލްމުގެ ބަތަލާ) އަށް އެކްސްޕެރިމެންޓެއް. އޭނަ އެކްޓްރެސް އެއްގެ ގޮތުގައި އަހަންނަށް ވަރަށް ކަމުދޭ،" ލިއޮނާޑޯ ބުންޏެވެ.

ލިއޮނާޑޯ ބުނީ، ޓައިޓޭނިކުގެ ކާމިޔާބީއަށް ފަހު އޭނާގެ މަގުބޫލުކަން ވަރަށް ބޮޑަށް އިތުރު ވެގެން ދިޔަ ކަމަށެވެ.

"މީހުން އަހަންނާ ސުވާލު ކުރޭ! ތިއީ ކިހާ ފެންވަރެއްގެ ފިލްމެއް ކަން އިނގޭ ހޭ! އަހަރެން ބުނިން އަހަންނަށް އިނގެއޭ. އެއީ ވަރަށް ބޮޑު ފިލްމެކޭ. އެކަމަކު މީހުން ބުނަނީ ނޫނެކޭ، އެއީ މިހާތަނަށް ނުކުތް އެންމެ ބޮޑު ފިލްމޭ." ލިއޮނާޑޯ ބުންޏެވެ.

comment ކޮމެންޓް