ޕްލާސްޓިކްގައި އެޅޭ ކޫރުން ފިލުވުމުގެ މަސައްކަތް ނިމުމަކަށް

އޮފުއަރާ ކާރުތަކާއި ރީތި ފައިވާންތަކުގެ އިތުރުން މޯބައިލް ފޯނުތަކުގައި ވެސް ކޫރުން އެޅުމަކީ ގިނަ ބަޔަކު އެންމެ ބޮލަށް އުނދަގޫވާ އެއްކަންތަކެވެ. އަދި އެގޮތުން އެޅޭ ކޫރުތައް ފިލުވަން ގިނަ މަސައްކަތްތަކެއް ކުރުމަށް ފަހު ވެސް އެންމެ އެދެވޭ ނަތީޖާއެއް ގިނަ ފަހަރު ނުލިބެއެވެ.

ކޫސަނި އެހެން ނަމަވެސް އުނދަގޫ މިމައްސަލައަށް ސައިންސްވެރިން މިހާރު ވަނީ ހައްލެއް ހޯދައި ދީފައެވެ. އެގޮތުން އެޅޭ ކޫރު، މަދު ސުކުންތު ކޮޅެއްގެ ތެރޭގައި ފިލުވާލާ ޕްލާސްޓިކް ކޯޓިން އެއް މިހާރު ވަނީ އީޖާދުކޮށްފަ އެވެ. މި އުފެއްދުން ބޭނުން ކުރާ މީހުން އެންމެ އުފާވާނެ ކަމަކީ ކިތަންމެ ފަހަރަކު ކޫރު އެޅުން ކަމުގައި ވިޔަސް އެންމެ އާއިރު ހުރި އޮފުދާރުކަން އެ އެއްޗަކަށް ގެނައުމުގެ ގާބިލްކަން މިކޯޓިންއަށް ލިބިފައިވާ ކަމެވެ.

" މެޓާލޯ ސްޕްރާ މޮލެކިއުލާ ޕޮލީމާ" ނަމަކަށް ކިޔާ މިއުފެއްދުމަކީ ސައިކަލާއި ކާރުތައް ޕާކް ކުރުމުގައި ނުފަރިތަ ، އަވަސް ވެގަނެގެން އުޅޭ މީހުންގެ މަގުބޫލްކަން ވަރަށް ބޮޑަށް ލިބިގެން ދާނެ އުފެއްދުމެއް ކަމަށް ބެލެވެއެވެ. އަދި އާ ފައިވާނަކަށް އަރާތާ މަދު ވަގުތު ކޮޅެއްގެ ތެރޭގައި ފައިކައްސާލައިގެން ފައިވާން ހަޑިވާ އަންހެން ކުދިންނަށް ވެސް މިއުފެއްދުން ވަރަށް ކަމުދާނެއެވެ.

އަލަށް މިއުފެއްދި ކޯޓިން ބޭނުން ކޮށްގެން ފަރުނީޗަރާއި ކުދިދޮރާއި ލަކުޑި ޖަހާފައި ހުންނަ ތަޅުން ގަނޑުތައް ވެސް އާ ކަން މަތީ ބެހެއްޓޭނެކަމަށް އެ އުފެއްދި ސައިންސްވެރިން ބުނެއެވެ. އަދި އޭގެ އިތުރުން ކާރު ނުވަތަ ސައިކަލްގެ ޓައިރަށް ނުވަތަ ހަމަށް އެއްޗެއް ވަދެ ފަޅައިގެން ދިޔަސް މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އަމިއްލައަށް ބެދުމަކީ ވެސް މިކޯޓިން އިން ލިބޭ ހިދުމަތެކެވެ.

މިކޯޓިން އުފައްދާފައި ވަނީ ހައިޑްރޯ ކާބަން ނަމަކަށް ކިޔާ މާއްދާއެއްގެ ދިގު ޗޭނުތަކެއްގައި ކުދި ލޮލަށް ނޭނގޭ ވަރުގެ މެޓަލް ޕްލަގް ތަކެއް ތަތްކޮށްގެންނެވެ.

މިކޯޓިން އަށް އިރުގެ އަވީގައި އެކުލެވޭ ފަދަ ޔޫވީ އެކުލެވޭ އައްޔެއް އެޅުމާއެކު އެމް އެސް އެމް ޕޮލީމާގައި އެކުލެވޭ މެޓަލް ޕްލަގްތައް ހޫނުވެ، އޭގައިވާ ޕްލާސްޓިކް ވިރެން ފަށައެވެ. އަދި އެގޮތުން އެޅިފައިވާ ކޫރުތައް ފިލައި ކުރިން ހުރި އޮފުކަމަށް ރުޖޫއަވެއެވެ.

އަލަށް އުފެއްދި ކޯޓިން ޓެސްޓް ކުރުމުގެ ތެރޭގައި އެކޯޓިން ލާފައިވާ އެއްޗެއްގައި ރޭޒަރު ތިލައަކުން ފުންކޮށް އަޅާލި ކޫރެއް ފިލުމަށް އެންމެ މިނެޓެއް ވެސް ހޭދަވެފައެއް ނުވެއެވެ.

އެމެރިކާގެ އޮހިއޯގެ ކްލިވްލޭންޑްގައި ހުންނަ ވެސްޓާން ރިޒާވް ޔުނިވަސިޓީގެ ސައިންވެރިން އުފެއްދި މިކޯޓިން އުފެއްދުމަށް ޚިޔާލު ލިބިފައި ވަނީ އިންސާނުންގެ ހަމުން ތަންކޮޅެއް ހަލާކުވުމުން ފަސޭހަވާ ގޮތަށް ބަލައިގެންނެވެ.
މެޓާލޯ ސްޕްރާ މޮލެކިއުލާ ޕޮލީމާ އުފެއްދުމުގައި އިސްކޮށް މަސައްކަތް ކުރެއްވީ ވެސްޓާން ރިޒާވް ޔުނިވަސިޓީގެ ޕްރޮފެސަރު ސްޓްއާޓް ރޯވަން އެވެ. އަލަށް އުފެއްދި މިމުހިއްމު އުފެއްދުން ބާޒާރަށް އަންނާނެ ދުވަހެއް އަދި ނޭނގެއެވެ. – ޑެއިލީ މެއިލް. ޔޫކޭ
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު