"ސުލްތާން" ކުޅުމަށް އަނުޝްކާ ވަރުގަދައަށް ތައްޔާރު ވަނީ!

ފޮޓޯ: ހިންދުސްތާން ޓައިމްސް

ސަލްމާން ހާންގެ އެންމެ އަވަހަށް ރިލީޒު ކުރަން ހަމަޖެހިފައިވާ ފިލްމު "ސުލްތާން" ގެ ބަތަލާ އަކީ ދެވަނަ އެއް ނުވާ ހުނަރުވެރި އަނުޝްކާ ޝަރްމާއެވެ. ސަލްމާން އެކޭ އެއްފަދައިން އަނުޝްކާވެސް އެ ފިލްމުގައި ފެނިގެން ދަނީ ރެސްލިން ތަޅާ މީހެއްގެ ރޯލުންނެވެ.

ހަބަރުތައް ބުނާ ގޮތުން، "ސުލްތާން" އަށް ތައްޔާރު ވުމުގެ ގޮތުން އަނުޝްކާ އަންނަނީ ކޮންމެ ދުވަހަކުވެސް ހަތަރު ގަޑި އިރުގެ ތަމްރީނުތައް ހޯދަމުންނެވެ.

" ހަ ހަފްތާގެ މުއްދަތަކަށް ދިއްލީން ގެނެސްފައިވާ ރެސްލިން ތެޅުންތެރިންގެ ޓީމަކާއެކު އަނުޝްކާ އަންނަނީ ކޮންމެ ދުވަހަކުވެސް ތަމްރީނުތައް ހޯދަމުން...ކޮންމެ ދުވަހަކުވެސް ހަތަރު ގަޑިއިރު ތަމްރީނު ހޯދަމުން އަންނަނީ..."، އެކަމުގައި އުޅޭ ފަރާތަކާ ހަވާލާދީ ހަބަރުތައް ބުނެއެވެ.

އަލީ އައްބާސް ޒަފަރު ޑައިރެކްޓު ކުރާ "ސުލްތާން" ރިލީޒު ކުރާނެ ކަމަށް ބެލެވެނީ އަންނަ އީދުގައެވެ.

comment ކޮމެންޓް