ގިލްމޯ ގާލްސްގެ އޮރިޖިނަލް ކާސްޓު ލީޒާ ވީލްސް ސީރީޒް އިން ފެންނާނެ: ނެޓްފްލިކްސް

ގިލްމޯ ގާލްސްގެ ޕެރިސް ގެލާގެ ރޯލުން ފެނިގެންދާ ލީޒާ ވީލް--- ފޮޓޯ: ވެރައިޓީ

މީގެ އަށް އަހަރު ކުރިން ނިންމާލާފައިވާ މަގުބޫލު ކޮމެޑީ-ޑްރާމާ ސީރީޒް "ގިލްމޯ ގާލްސް" އަލުން ކުޅެން ފަށާއިރު އެ ސީރީޒްގެ އޮރިޖިނަލް ކާސްޓެއް ކަމަށްވާ ލީޒާ ވީލް ފެނިގެންދާނެ ކަމަށް ނެޓްފްލިކްސް އިން ބުނެފި އެވެ.

އޭބީސީ ނުވަތަ މިހާރުގެ ފްރީފޯމްގެ މަޝްހޫރު ޓިވީ ސީރީޒް ގިލްމޯ ގާލްސް ވަނީ އަލުން އަނބުރާ ކުޅެން ފެށުމަށްޓަކައި ނެޓްފްލިކްސް އިން ކޮޕީރައިޓްސް ގަނެފަ އެވެ. އެހެން ކަމުން އޭބީސީގެ އެ ސީރީޒް އަލުން އާއެޕިސޯޑުތައް ދައްކަން ފަށާނީ އޮންލައިން ސްޓްރީމިން ސާވިސް އެއް ކަމަށްވާ ނެޓްފްލިކްސް އިންނެވެ.

ލީޒް ވީލްއަކީ ގިލްމޯ ގާލްސްގެ މުޅި ހަތް ސީޒަންގައި ފެނިގެން ދިޔަ ކެރެކްޓަރެކެވެ. ޕެރިސް ގެލާގެ ރޯލުން އޭނާ ފެނިގެންދާއިރު ޕެރިސްއަކީ ގިލްމޯ ގާލްސްގެ ލީޑް ކެރެކްޓަރު "ރޯރީ"ގެ ދަރިވަރެކެވެ. އެގޮތުން އޭނާ ފެނިގެން ދާނީ ރަނގަޅު ދަރިވަރަކަށްވެ މެޑިކަލް ސްކޫލަށް ކިޔަވަން ދިޔުމެވެ.

ފިލްމް އިންޑަސްޓްރީއަށް ވީލްގެ ބްރޭކްތްރޫ ލިބުނީވެސް ޕެރިސް ގިލްމޯގެ ކެރެކްޓަރުންނެވެ. އޭނާ މިހާރު ފެނިގެން ދަނީ އޭބީސީގެ ހިޓް ސީރީޒް އެއް ކަމަށްވާ "ހައު ޓު ގެޓް އަވޭ ވިތު މާޑާ"ގެ ބޮނީގެ ރޯލުންނެވެ.

ހަތް އަހަރު ދެއްކި އެ ސީރީޒްއަކީ ދެ މައިން ކަމަށްވާ ލޮރޭލީ ގިލްމޯ އާއި ރޯރީ ގިލްމޯ ދެމައިންގެ ހަޔާތުގައި ދިމާވާ ކަންތައް ދައްކުވައިދޭ ސީރީޒްއެކެވެ. އެގޮތުން އަވަސް ޑައިލޮގުތަކާއި ޕޮޕް ކަލްޗަރުގެ ގިނަ ކަންތައްތަކެއް ހިމެނޭ އެ ސީރީޒް މަގުބޫލުކަން ހޯދާފައިވަނީ އެ ކަންތައްތަކުންނެވެ.

ޖުމްލަ ހަތް ސީޒަން ދައްކާފައިވާ އެ ސީރީޒްގެ ލީޑް ދެ ރޯލުން ފެނިގެންދާނީ ލޯރެން ގްރޭހެމް އާއި އެލެކްސިސް ބްލޭޑެލް އެވެ. އޭގެ އިތުރުން މެލިސާ މެކާތީ އާއި ސްކޮޓް ޕެޓާސަން އާއި ކެލީ ބިޝޮޕްވެސް އެ ސީރީޒްގެ އިތުރު ކެރެކްޓަރުގެން ރޯލުން ފެނިގެން ގޮސްފައިވެއެވެ. އެގޮޮތުން އޮރިޖިނަލް ކާސްޓުގެ ގިނަ ބަޔަކު ސީރީޒް އިން ފެނިގެން ދާނެ ކަމަށް ނެޓްފްލިކްސް އިން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

comment ކޮމެންޓް