ދެ ބިލިއަންގެ އާމްދަނީއެއް ހޯދި ތިންވަނަ ފިލްމަކަށް "ފޯސް އެވޭކެންސް" ވެއްޖެ

ސްޓާވޯޒްގެ ހަތް ވަނަ އިންސްޓޯލްމެންޓް ކަމަށްވާ "ފޯސް އެވޭކެންސް"ގެ މަންޒަރެއް--- ފޮޓޯ: ފޯބްސް

ދުނިޔޭގެ ފިލްމީ ތާރީހުގައި ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމުގެ ރެކޯޑު، ޖޭޖޭ އޭބްރަމްސްގެ ސްޓާވޯޒް ފްރެންޗައިޒްގެ ހަތް ވަނަ އިންސްޓޯލްމެންޓް "ދަ ފޯސް އެވޭކެންސް" ގާއިމުކޮށްފި އެވެ.

ސްޓާވޯޒްގެ އިތުރުން އެ ރެކޯޑު ގާއިމުކޮށްފައި ވަނީ "ޓައިޓޭނިކް" އާއި "އެވެޓާ" އެވެ. ނަމަވެސް ގިނަ ރެކޯޑުތަކެއް މުގުރާލާފައިވާ ފޯސް އެވޭކެންސްއަކަށް އެވެޓާ ގާއިމުކޮށްފައިވާ ރެކޯޑެއް މުގުރާލެވޭ ގޮތެއް ނުވެ އެވެ. އެއީ އަދިވެސް އެންމެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދެ ބިލިއަން ޑޮލަރުގުގެ އާމްދަނީ އަށް ވާސިލްވި ފިލްމުގެ ރެކޯޑު އޮތީ އެވެޓާ އަތުގައި ކަމަށްވުމުންނެވެ.

އެވެޓާ އިން ދެ ބިލިއަންގެ އާމްދަނީ އެއް ހޯދާފައިވަނީ 42 ދުވަހުގެ ތެރޭގަ އެވެ. ފޯސް އެވޭކެންސް އަށް އެއަދަދަށް ވާސިލް ވެވިފައި ވަނީ އޭގެ 11 ދުވަސް ފަހުުން 53 ދުވަސްތެރޭގަ އެވެ.

އެ ރެކޯޑުގެ އިތުރުން އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވާ ފިލްމަކީ ވެސް އެވެޓާއެވެ. އެވެޓާ ވަނީ 2.7 ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދާފަ އެވެ. އެހެން ކަމުން ފޯސް އެވޭކެންސް އަށް އެވެޓާގެ ރެކޯޑު މުގުރާލުމަށް އަދިވެސް 700 މިލިއަން ޑޮލަރަށްވުރެ އިތުރު އާމްދަނީއެއް ބޭނުންވެ އެވެ.

ފޯސް އެވޭކެންސް އަށް އެންމެ ގާތްކޮށް ރެކޯޑު މުގުރާލެވެން އޮތީ ޓައިޓޭނިކްގެ އެވެ. ނަމަވެސް ޖޭމްސް ކެމެރަންގެ އެ ފިލްމުގެ ރެކޯޑު މުގުރާލުމަށް ވެސް އަދި 186 އެމެރިކަން ޑޮލަރު އިތުރަށް ބޭނުންވެ އެވެ.

comment ކޮމެންޓް