އަބީޝެކްގެ އުފަންދުވަސް ފާހަގަ ކުރުމަށް ފަހު އަމީތާބާއި އާއިލާ ފުރައިފި

އަމީތާބު ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ފޮޓޯއެއް ---

ބޮލީވުޑްގެ މަޝްހޫރު ބައްޗަން އާއިލާ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު އަނބުރާ އިންޑިއާއަށް ދާން ފުރައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަބީޝެކްއާއި އައިޝްވާރިޔާ އާއި ދަރިފުޅު އަރާދިޔާ ވަނީ އިއްޔެގެ ވަގުތެއްގައި ފުރައިފަ އެވެ. އަދި އަމީތާބާއ،ި އަންހެނުން ޖާޔާއާއި ޝްވޭތާ ނަންދާ ފުރީ މިއަދު އެވެ.

އަމީތާބު އާއި އާއިލާ ރާއްޖެ އައިސްފައި ވަނީ، މިދިޔަ ބުދަ ދުވަހު މެންދުރު ފަހުގެ ވަގުތެއްގަ އެވެ.

އަބީޝެކްގެ 40 ވަނަ އުފަންދުވަސް ފާހަގަ ކުރީ މާލެ އަތޮޅުގައި އޮންނަ ވަން އެންޑު އޮންލީ ރީތިރަށް ރިސޯޓު ގަ އެވެ. އަބީޝެކުގެ އިންސްޓާގްރާމް އެކައުންޓު މެދުވެރިކޮށް އާއްމު ކުރި ފޮޓޯއެއްގައި، އަބީޝޭކު އާއި އަންހެނުން އައިޝްވަރިޔާ އަދި ދަރިފުޅު އަރާދިޔާ ފެނިގެންދެ އެވެ. އަދި އެމީހުންގެ ކުރިމަތިން "ހެޕީ ބާތު ޑޭ" އިނގިރޭސި ބަހުން، އަލިފާން ބޭނުންކޮށްގެން ދިއްލާލާފައިވެ އެވެ.

comment ކޮމެންޓް