ކެމެރާއާ ދުރުގައި ނޫޅެވޭނެ: ދަރްމެންދުރާ

ދަރްމެންދުރާ --

ކުރީގެ ފިލްމުތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ދަރްމެންދުރާ އަކީ އަދިވެސް ގިނަ ބައެއްގެ ހިތްތަކުން ހާއްސަ ޖާގައެއް ދެވިފައިވާ ތަރިއެކެވެ. މިހާރު އުރުމުން 80 އަހަރުވެފައިވީ ނަމަވެސް، ޒުވާން ތަރިންނެކޭ އެއްފަދައިން ދަރުމެންދުރާ އަދިވެސް ފިލްމުތަކުގައި ހަރަކާތްތެރިވެ އެވެ.

ސަނީ ޑިއޯލްގެ ފިލްމު "ގާޔަލް ވަންސް އެގެއިން" ޕްރޮމޯޓު ކުރުމަށް ބޭއްވި އިވެންޓެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ދަރްމެންދުރާ ބުނީ، އޭނާ އަށް ކެމެރާ އާ ދުރުގައި ނޫޅެވޭނެ ކަމަށެވެ.

"އަހަންނަކަށް ކެމެރާ އާ ދުރުގައި ނޫޅެވޭނެ. މިހާރު ވެސް ދެ ދަރިންނާ އެކު ފިލްމެއް އުފެއްދުމަށް މި ވިސްނަނީ"، ދަރްމެންދުރާ ބުންޏެވެ.

ދަރްމެންދުރާ ވަނީ މީގެ ކުރިން ވެސް އޭނާގެ ދަރިންނާ އެކު ފިލްމުތަކުގައި ހަރަކާތްތެރިވެފަ އެވެ. އެގޮތުން "އަޕްނޭ" އާއި "ޔަމްލާ ޕަގްލާ ދިވާނާ" އަކީ އޭނާގެ ދަރިންނާ އެކު ކުޅެފައިވާ ފާހަގަކޮށްލެވޭވަރުގެ މޮޅެތި ފިލްމުތަކެކެވެ.

comment ކޮމެންޓް