މާފުށީގައި ކުުއްތާ ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި

ފާރަ ބޭނުންކޮށްގެން ކ. މާފުށީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ތިން މީހުން ހައްޔަރު ކޮށްފި އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ ދެ މީހަކާއި 19 އަހަރުގެ މީހެކެވެ.

ފުލުހުން ބުނީ، އެ މީހުން ހައްޔަރު ކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ. އަދި އެ އޮޕަރޭޝަނުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 62 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 20 އަހަރުގެ ދެ މީހުންނަށް 15 ދުވަސް އަދި 19 އަހަރުގެ މީހާއަށް 10 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލަ ފުލުހުންގެ ޑުރަގު އެންފޯސްމަންޓު ޑިޕާޓުމަންޓުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް