ޗުއްޓީ ހޭދަ ކުރުމަށް އަމީތާބު އާއިލާއާ އެކު ރާއްޖެ އަތުވެއްޖެ

އަމީތާބު އާއިލާއާ އެކު --- ފޮޓޯ: ކޮއިމޮއި.ކޮމް

ބޮލީވުޑްގެ ސުޕާ ސްޓާ އަމީތާބު ބައްޗަން، އާއިލާއާ އެކު ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އަތުވެއްޖެ އެވެ.

ހަބަރުލިބޭ ގޮތުގައި އަމީތާބު އާއި އޭނާގެ އާއިލާ ރާޢްޖެ އައީ މީގެ ކުޑަ އިރުކޮޅެއް ކުރިންނެވެ.

އޭނާ ރާއްޖެ އައީ އަންހެނުން ޖާޔާ ބައްޗަން އާއި ދަރިފުޅު އަބީޝޭކު ބައްޗަންއާ އެކު އެވެ. އަދި އެމީހުންނާ އެކު އަބީޝޭކުގެ އަންހެނުން އައިޝްވަރިޔާ އާއި ދަރިފުޅު އަރާދިޔާ ވެސް ރާއްޖެ އައި ކަމަށް މައުލޫމާތު ލިބެ އެވެ.

އަމީތާބު އާއި އޭނާގެ އާއިލާ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ހަމަޖެހިފައިވަނީ ކ. އަތޮޅުގައި އޮންނަ ވަން އެންޑު އޮންލީ ރީތި ރަށް ރިސޯޓުގައެވެ.

ބެލެވޭ ގޮތުގައި އެ އާއިލާ އުޅެނީ މިހާރު އެ ރިސޯޓަށް ދިއުމުގެ މަގުތަތީގަ އެވެ.

comment ކޮމެންޓް