ޒިކާއަށް ދެ ވެކްސިނެއް އުފައްދައިފި ކަމަށް އިންޑިއާގެ ސައިންޓިސްޓުން ބުނެފި

ޒިކާއަށް ދެވެކެސިނެއް އުފައްދާފައިވާ ކަމަށް އިންޑިއާގެ ސައިންސުވެރިން ބުނޭ --

ހައިދަރުއާބާދު (ފެބްރުއަރީ 3): ޒިކާ ވައިރަސްއަށް ތަފާތު ދެ ވެކްސިންގެ "ކެންޑިޑޭޓެއް" އުފައްދައިފި ކަމަށް އިންޑިއާގެ ސައިންސުވެރިން ބުނެފި އެވެ.

އެމެރިކާ އާއި ފްރާންސުން ޒިކާ އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ އިރު އިންޑިއާގެ ހައިދަރުއާބާދުގެ ބާރަތު ބައޯޓެކް އިންޓަނޭޝަނަލް ލިމިޓެޑު (ބީބީއައިއެލް)ގެ ލެބަކުން އެވެކްސިންތައް ޕެޓެންޓްކޮށްފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ.

ބޭރު ގައުމަކުން ޒިކާ ވައިރަސް އެތެރެކުރުމަށް ފަހު ބީބީއައިއެލް އިން އުފެއްދި ޒިކާ ވައިރަސްއަށް ހާއްސަ ވެކްސިން ދެން ޖެހޭނީ ޖަނަވާރުންނާއި އިންސާނުންނަށްދީގެން ޓެސްޓު ކުރަން ކަމަށް އެކުންފުނިން ބުންޏެވެ.

އެ ޓެސްޓުތައް ކުރިއަށް ގެންދިޔުމުގައި އެހީވާން އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗު (އައިސީއެމްއާރު)ން އެއްބަސްވެފައިވާ ކަމަށް ބީބީއައިއެލްގެ ޗެއާމަން ޑރ. ކްރިޝްނާ އެލާ ވިދާޅުވި އެވެ.

"ޒިކާ ވެކްސިން ކެނޑިޑޭޓާ ބެހޭ ގޮތުން އަޅުގަނޑުމެންނަށް މައުލޫމާތު ލިބިއްޖެ. ސައިންޓިފިކް ނަޒަރަކުން އަޅުގަނޑުމެން ބަލާނަން އެވެކްސިން ފަސޭހަކަމާ އެކު އުފެއްދޭނެތޯ. އެވެކްސިނަކީ "މޭޑް އިން އިންޑިއާ" އުފެއްދުންތަކުގެ ރަނގަޅު މިސާލެއް،" އައިސީއެމްއާރުގެ ޑިރެކްޓާ ޖެނެރަލް ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ. އެލާ ވަނީ އެ ޓެސްޓުތައް އަވަސްކުރުމަށް އެހީތެރިވެދެއްވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފަރާތުން އެދިވަޑައިގެންފައި ކަމަށް ވެސް ރިޕޯޓުތަކުގައިވެ އެވެ. (ނޫސްއޭޖެންސީތައް)

comment ކޮމެންޓް