އެއްވެސް ސިޓީ ކައުންސިލަކުން މި އަހަރުގެ ބަޖެޓް ފާސްކޮށްފައެއް ނުވޭ: އެލްޖީއޭ

މާލެ ސިޓީ ކައުންސިލްގެ މެމްބަރުން: ސަން ފައިލް ފޮޓޯ

ލާމަރުކަޒީ ގާނޫނުގައި ބުނާ މުއްދަތުގައި ހިނގަމުންމިދާ އަހަރުގެ ބަޖެޓް އެއްވެސް ސިޓީ ކައުންސިލަކުން ފާސްކޮށްފައި ނުވާ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ އިން ބުނެފި އެވެ.

ލާމަރުކަޒީ ގާނޫނުގެ 96 ވަނަ މާއްދާގައިވާ ގޮތުން ކައުންސިލަށް ލިބޭ އާމްދަނީ އާއި އެކި ގޮތްގޮތުން ލިބޭ އެހީ އާއި ނަގާ ލޯނަށް ބަލައިގެން ހިނގާ އަހަރުގެ ކައުންސިލް ބަޖެޓް ޖަނަވަރީ މަހު 15 ވަނަ ދުވަހުގެ ކުރިން ފާސްކުރަން ޖެހެ އެވެ. އަދި އެއްވެސް ސަބަބަކާ ހުރެ އެ ދުވަހަށް ބަޖެޓް ފާސްނުކުރެވިއްޖެ ނަމަ ކައުންސިލުން ފާއިތުވެ ދިޔަ އަހަރު ފާސްކުރި ބަޖެޓް ރިކަރަންޓް ހަރަދަށް ވުރެ އިތުރުނުވާ ގޮތަށް ރިކަރަންޓް ހަރަދު ކުރުމުގެ އިހްތިޔާރު ކައުންސިލްގެ ރައީސަށް ލިބިގެންވެ އެވެ. އަދި މި އަހަރުގެ ބަޖެޓް ފާސްވަންދެން ކައުންސިލްގައި އެނޫން ކަމަކާ ގުޅޭ ގޮތުން މަޝްވަރާނުކުރެވޭނެ އެވެ.

ނަމަވެސް މުއްދަތު ހަމަވި އިރު މާލޭ ސިޓީ ކައުންސިލުންނާއި އައްޑޫ ސިޓީ ކައުންސިލުން މި އަހަރަށް ބަޖެޓު ފާސްކޮށްފައެއް ނުވެ އެވެ.

އެލްޖީއޭ އިން ބުނީ ހިނގަމުންމިދާ އަހަރުގެ ބަޖެޓް ފާސްކޮށްފައި ވަނީ 137 ކައުންސިލަކުން ކަމަށެވެ. އެއީ 15 އަތޮޅު ކައުންސިލަކާއި 122 ރަށު ކައުންސިލަކުންނެވެ.

comment ކޮމެންޓް