ޖެޓެއް ގަންނަން ބޭނުން، އެކަމަކު ފައިސާއެއް ނެތް: ޝާހު

ޝާހުރުކްހާން --- ފޮޓޯ: ޒީނިއުސް.އިންޑިއާ

ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހުރުކްހާން އަކީ ފިލްމު އިންޑަސްޓްރީގައި އެންމެ ބޮޑު އާއްމުދަނީއެއް ހޯދަމުން އަންނަ އެއް ތަރިއެވެ. ބޮޑު އަގުގައި ފިލްމު ކުޅެދޭ ޝާހު ވަނީ އިންޑިއާގެ އެންމެ މުއްސަނދި ތަރިންތަކުގެ ލިސްޓުގައި ވެސް ހިމެނިފަ އެވެ.

އެހާ ބޮޑު އާއްމުދަނީއެއް ލިބުނު ނަމަވެސް، ޝާހު ބޭނުންވާ ބައެއް އެއްޗެހި ނުގަނެވޭ ކަމަށް ޝާހު ބުނެ އެވެ. އަދި އޭގެ ސަބަބެއް ކަމަށް ޝާހު ބުނަނީ އެހާ ވަރަށް ފައިސާ ނެތުމެވެ.

"އަހަރެން ބޭނުން ޖެޓެއް ގަންނަން. އެކަމަކު އަހަރެން އަތަކު ފައިސާއެއް ނެތް. އަހަރެންގެ ހުރިހާ ފައިސާއެއް ހަރަދު ކުރަނީ ފިލްމު ތަކަށް."، ޝާހު ބުންޏެވެ.

ޝާހު ބުނީ، އަމިއްލަ ބޯޓްތަކުގައި ދަތުރު ކުރާ ހިތްވާ ކަމަށެވެ. އަދި އަމިއްލަ ބޯޓެއްގައި ދަތުރު ކުރެވޭނެ ނަމަ އޭނާ އަށް އިތުރު މަސައްކަތްތައް ވެސް ކުރެވޭނެ ކަމަށް ޝާހު ބުންޏެވެ.

"އަހަރެން ކޮންމެވެސް ދުވަހަކުން އެހާ ވަރަށް ފައިސާ ހޯދާނަން. އަހަންނަށް އަބަދުވެސް ޗޮއިސް އެއް އޮވޭ. އެއީ ޖެޓެއް ގަތުން ނުވަތަ ފިލްމެއް ހެދުން، އެހެންވެ އަހަރެން ފިލްމު އުފައްދަނީ"، ޝާހު ބުންޏެވެ.

ފިލްމީ ދައިރާގައި ގިނަ އަހަރުތަކެއް ހޭދަކޮށްފައިވާ ޝާހު ވަނީ މިހާތަނަށް އައިއިރު ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައެވެ.

comment ކޮމެންޓް