ބަރުދަން ލުއި ކުރުމަށް މިފަހަރު ސްމޫތީސް!

ބަރުދަން ލުއިކޮށް ބަނޑު ހިންދާ ލެވޭނީ ހަމައެކަނި ކެއުމަށް ބަދަލު ގެނެސްގެން ކަމަށް ހީ ނުކުރާށެވެ. ގޭގައި ފަސޭހަކާ އެކު ތައްޔާރުކޮށްލެވޭ ތަފާތު ވައްތަރުތަކުގެ މީރު ބުއިންތަކުން ވެސް ބަރުދަން ލުއިކޮށް ބަނޑު ހިންދާ ލެވިދާނެ އެވެ.

އެގޮތުން އެފަދަ ބުއިންތަކަށް ބަލާލާނަމެވެ.

ބްލޫބެރީ ސްމޫތީ

ބޭނުންވާ ތަކެތި: ދެ ޖޯޑު އާމަންޑު ކިރު (އަންސްވީޓެންޑް)، އެއް ޖޯޑު ބުލޫބެރީސް އާއި ސްޓްރޯބެރީސް، އެއް ޖޯޑު ދޮންކެޔޮ، ދެ މޭޒުމަތީ ސަމްސާ އާމަންޑު ބަޓާ، އެއް މޭޒުމަތީ ސަމްސާ ފްލެކްސް ސީޑު

ތައްޔާރު ކުރާނެ ގޮތް: ހުރިހާ އެއްޗެއް ގްރައިންޑަރަށް އެޅުމަށް ފަހު ރަނގަޅަށް ގްރައިންޑު ކޮށްލާށެވެ.

ޕީޗު ސްމޫތީސް

ބޭނުންވާ ތަކެތި: އެއް ޖޯޑު ފްރޯޒެން ޕީޗު (އަންސްވީޓެންޑް)، އެއް ޖޯޑު ސްކިމް މިލްކު، ދެ މޭޒުމަތީ ސަމްސާ ފްލެކްސީޑު ތެޔޮ

ތައްޔާރު ކުރާނެ ގޮތް: ހުރިހާ އެއްޗެއް ގްރައިންޑަރަށް އެޅުމަށް ފަހު ރަނގަޅަށް ގްރައިންޑު ކޮށްލާށެވެ. އެއަށް ފަހު ތަށްޓަކަށް އަޅައި ފްލެކްސީޑު ތެޔޮ އެޅުމަށް ފަހު ރަނގަޅަށް ގިރާލާށެވެ.

ޗޮކްލެޓު އެވޮކާޑޯ ސްމޫތީ

ބޭނުންވާ ތަކެތި: އެއް އެވޮކާޑޯ(ތޮށި މަށާފައި)، ދެ މޭޒުމަތީ ސަމްސާ އެގޭވް ނެކްޓާ، ދެ މޭޒުމަތީ ސަމްސާ ޑާކް ކޮކޯ ޕައުޑަރު (އަންސްވީޓެންޑް)، އެއް ޖޯޑު އާމަންޑު ކިރު(އަންސްވީޓެންޑް)، އެެއް ޖޯޑު އައިސް، އެއް ދޮންކެޔޮ

ތައްޔާރު ކުރާނެ ގޮތް: ހުރިހާ އެއްޗެއް ގްރައިންޑަރަށް އެޅުމަށް ފަހު ރަނގަޅަށް ގްރައިންޑު ކޮށްލާށެވެ.

ގްރީން ބަނާނާ ސްމޫތީ

ބޭނުންވާ ތަކެތި: ދެ ވަށް ދޮންކެޔޮ، ދެ ޖޯޑު ސްޕިނެޗް، އެއް ޖޯޑު ބައި އާމަންޑު ކިރު(އަންސްވީޓެންޑް)، އެއް މޭޒުމަތީ ސަމްސާ "ވޭ ޕްރޮޓީން" ޕައުޑަރު

ތައްޔާރު ކުރާނެ ގޮތް: ހުރިހާ އެއްޗެއް ގްރައިންޑަރަށް އެޅުމަށް ފަހު ރަނގަޅަށް ގްރައިންޑު ކޮށްލާށެވެ.

comment ކޮމެންޓް