ކޮންމެހެން ކާންޖެހޭ ފަސްބާވަތުގެ މޭވާއާއި ތަރުކާރީ

މޭވާ އާއި ތަރުކާރީގެ ތެރެއިން ރަތްކުލައިގެ ބާވަތްތައް ކެއުމަށް ސިއްޙަތާ ބެހޭ ތަޖްރިބާކާރުން ވަރަށް ބޮޑަށް ބާރުއަޅުއްވަ އެވެ. ތިރީގައި މިވަނީ ރަތްކުލައިގެ މޭވާއާއި ތަރުކާރީގެ ތެރެއިން ވެސް އެންމެ ގިނައިން ކެއުމަށް ޑޮކްޓަރުންގެ އިތުރުން ސިއްޙަތާ އަދި ކާބޯތަކެއްޗާ ބެހޭ ތަޖްރިބާކާރުން ބާރުއަޅުއްވާ ފަސް ބާވަތެވެ.

ރޯޓޮމާޓޯ:

މިއީ ވިޓަމިން އޭ އާއި ސީ އާއި ޕޮޓޭޝިޔަމްގެ އިތުރުން ފައިބާ ވެސް އެކުލެވޭ ތަރުކާރީ އެވެ. ނަމަވެސް ޓޮމާޓޯގައި ހިމެނޭ އެންމެ މުހިއްމު މާއްދާއަކީ ލިކޮބިން އެވެ. މިއީ އެންޓި އޮކްސިޑެންޓެކެވެ. ލިކޮބިންއަކީ މުސްކުޅިވުމުގެ ސަބަބުން ކުރިމަތިވާ ގިނަ ބަލިތަކުން ދުރުކޮށްދޭ ނުބައި ކޮލެސްޓްރޯލް ދަށްކޮށްދޭ އަދި ކެންސަރުންދިފާއުވުމުގައި ވެސް މުހިއްމު ދައުރެއް އަދާކުރާ މާއްދާއެކެވެ. މީގެ އިތުރުން މިއީ ލޮލަށް ވެސް ފައިދާހުރި އަދި ހިތުގެ ބޮޑެތި ނާރުތަކުގައި ސަރުބީޖެހުން ވެސް ކުޑަކޮށްދޭ މާއްދާއެކެވެ.

ރަތްމިރުސް:

ރަތްކުލައިގެ މިރުހަކީ ހަނށިގަނޑުގައިވާ ނާރުތައް ސާފުކޮށްދީލޭ ހިނގުން ފަސޭހަކޮށްދިނުމުގެ އިތުރުން ލޭ އޮލަވުމުން ސަލާމަތްކޮށްދޭ މައްދާތައް އެކުލެވޭ ތަރުކާރީއެކެވެ. ރަތްކުލައިގެ މިރުހުގައި ވިޓަމިން ސީ ގިނައަދަދަކަށް ހުރެ އެވެ. އަދި އޭގައި އެކުލެވޭ ކަބްސެސަން މާއްދާއަކީ މެޓަބޮލިޒަމް ރަނގަނޅުކޮށްދީ ހަޖަމު ރަނގަނޅުކޮށްދޭ މާއްދާއެކެވެ. މީގެ އިތުރުން މިރިހުގައި އެކުލެވޭ އެންޑްރޮވިން އަކީ އިންސާނާއަށް ހިތްހަމަޖެހުން ގެނަސްދޭ މާއްދާއެކެވެ. ނަމަވެސް މައިދާއާއި ގޮހޮރުގައި މައްސަލަތަކާއި ފާރުހުންނަ މީހުން މިރުސް ކެއުން ރަނގަނޅުނޫންކަމަށްވެ އެވެ.

ބީޓްރޫޓްސް:

މިއީ ވަރަށްގިނައިން ފޯލިކް އެސިޑް އެކުލެވޭ ތަރުކާރީއެކެވެ. މީގައި އެކުލެވޭ ބިޓަނިންއަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ ލޭގެ ޕްރެޝަރު ވެސް ދަށްކޮށްދޭ މައްދާއެކެވެ. މީގެ އިތުރުން ބިޓަނިންއަކީ އަންހެނުންނާއި ފިރިހެނުންގެ ޖިންސީ ބަލިކަށިކަން ފިލުވުމުގައި މުހިއްމު ދައުރެއް އަދާކުރާމައްދާއެކެވެ.

ކްރެއިން ބެރީ:

މިއީ ގިނައަދަދަކަށް ވިޓަމިން ސީ އާއި އެންޓިއޮކްސިޑެންޓްސް ހިމެނޭ މޭވާއެކެވެ. ދިރާސާތައް ދައްކާގޮތުން ކްރެއިން ބެރީގައި މަސާނާއާއި ކިޑްނީ ސާފުކޮށް ކުޑަކަމުދާ ނިޒާމުގެ ސިއްޙަތު ރަނގަނޅުކޮށްދޭ މާއްދާތައް ހިމެނެ އެވެ. މިގޮތުން ކްރެއިން ބެރީ ކެއުމުން ނޫނީ އޭގެޖޫސް ބުއިމުން ކުޑަކަމުދާ ނިޒާމުގައިވާ ކުދި ހިލަތައް ވައްޓާލައެވެ. އަދި މިނިޒާމުގެ ހޮޅިތަކުގައިވާ ގޯސް ބެކްޓީރިޔާތައް މަރާލަ އެވެ.

ޗެރީ:

މިއީ ހަށިގަނޑުގައި އަޅާ އެކިބާވަތުގެ ވޭންތައް ލުއިކޮށްދީ ކެންސަރާއި ހަކުރުބަލިން ސަލާމަތް ކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ މާއްދާތައް ވަރަށްގިނަ މޭވާއެކެވެ. ޗެރީގައި ހިމެނޭ މިބާވަތުގެ މާއްދާތަކުގެ ތެރޭގައި ފްލަވޮނޮވިޑްސް، އަޒުކިސްޓެރަން، ކެސްޓްރިން އާއި މިނޫންވެސް އެތައް ކޮންޕައުންޑްތަކެއް ހިމެނެ އެވެ. މިއީ މުސްކުޅިވުމުގެ ސަބަބުން ކުރިމަތިވާ ގިނަ ބަލިތަކުން ދުރުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރާ މައްދާތަކެކެވެ. (ޑޮޗްވެލޭ)

comment ކޮމެންޓް