ލޭންޑިން ގިއަރު ފެއިލްވުމުން ތިން ފުރޮޅުމަތީގައި ފްލައިޓް ޖެއްސުމުން ތައުރީފު އޮހެނީ

އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނުގެ ހީތުރޯ އެއާޕޯޓަށް ބްރިޓިޝް އެއާވޭސްގެ މަތިންދާ ބޯޓެއްގެ ލޭންޑިންގ ގިއަރު ފެއިލުވެ، ފްލައިޓު އެންމެ ތިން ފުރޮޅުގެ އެހީގައި އެއާޕޯޓުގައި ރައްކާތެރިކަމާ އެކު ޖައްސައިދިން ޕައިލަޓަށް ގިނަ ބަޔަކު ތައުރީފު ކުރަމުން އެބަ ދެ އެވެ.

ބްރިޓިޝް އެއާވޭސްގެ އެ ފްލައިޓު ދަތުރުކުރަމުން ދިޔައީ ލަންޑަނުގެ ހީތުރޯ އެއާޕޯޓުން އެމެރިކާގެ ޗިކާގޯއަށެވެ. އެހެން ނަމަވެސް ފްލައިޓުގެ ލޭންޑިންގ ގިއަރު ފޭލުވެއްޖެކަން ޕައިލެޓުންނަށް އެނގުމާ އެކު، އެ ފްލައިޓު އަނބުރައި ހީތުރޯ އެއާޕޯޓަށް ދަތުރުކުރި އެވެ.

ފްލައިޓުގެ ލޭންޑިންގ ގިއަރުގެ މައްސަލަ ޖެހުމުގެ ސަބަބުން އެ ފްލައިޓުގެ ބައެއް ފުރޮޅު މަސައްކަތް ކޮށްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި، ފަސް ފުރޮޅުގެ ތެރެއިން މަސައްކަތް ކުރީ އެންމެ ތިން ފުރޮޅެވެ.

އެ ފްލައިޓުގެ ކެޕްޓަން ވަނީ ވަރަށް ހިތްވަރާއި އެކު މަސައްކަތް ކޮށް، ހީތުރޯ އެއާޕޯޓަށް އެމަޖެންސީގައި، އަދި ވަރަށް ރައްކާތެރިކަމާއެކު ފްލައިޓު ޖައްސައިފަ އެވެ. މިކަމާއި ގުޅިގެން، ފްލައިޓުގައި ދަތުރުކުރި ފަސިންޖަރުންނާއި އެމީހުންގެ އާއިލާއާއި ރަހުމަތްތެރިން ވަނީ އެ ޕައިލަޓަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ.

ބްރިޓިޝް އެއާލައިން ޕައިލެޓް އެސޯސިއޭޝަނުން ބުނީ، ޕައިލެޓުންނަކީ އެމީހުންގެ މަސައްކަތް ކުރުމަށް އެތައް އަހަރެއްގެ ތަމްރީނާޢި ތަޖުރިބާ ހޯދާފައިވާ ބައެއް ކަމަށެވެ. އަދި ބްރިޓިޝް އެއާވޭސްގެ އެ ފްލައިޓުގެ ޕައިލެޓު ވަނީ ވަރަށް ރަނގަޅަށް އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކޮށްފައި ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

މަސްދަރު: އައިޓީއެން

comment ކޮމެންޓް