މިލިޓަރީ ޑައެޓު: ތިން ދުވަސްތެރޭ ހަތަރު ކިލޯ ލުއިކޮށްދޭ!

ބަރުދަން ލުއި ކުރުމަށް މިފަހަރު ވެސް މިއޮތީ ވަރަށް ތަފާތު ޑައެޓެކެވެ. ބަރުދަން ލުއި ކުރަން ބޭނުންވާ ފަރާތްތަކުން، ހާއްސަކޮށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބަރުދަން ލުއި ކުރަން ބޭނުންވާ ފަރާތްތަކުން މިލިޓަރީ ޑައެޓުގެ އަޖުމަ ބަލާލުން ރަނގަޅުވާނެ އެވެ.

މިލިޓަރީ ޑައެޓަކީ ތިން ދުވަހުގެ މުއްދަތަކަށް ދެމިގެންދާ ޑައެޓެކެވެ. އިތުރަށް މި ޑައެޓު ކުރިއަށް ގެންދިއުމަށް ބޭނުންވާ ނަމަވެސް ހަތަރު ވަރަކަށް ދުވަހުގެ ބްރޭކް ނަގަން ޖެހޭނެ އެވެ. ހަމައެންމެ މި ޑައިޓު ކުރާ އިރު ކެތްތެރިކަމަކީ ވެސް ވަރަށް މުހިއްމު އެއްޗެކެވެ. ސަބަބަކީ ކާމިޔާބީގެ ފޮނި މޭވާ ލިބޭނީ ކެތްތެރިންނަށް ކަމުގައިވާތީ އެވެ.

  • ފުރަތަމަ ދުވަސް

ހެނދުނުގެ ނާސްތާ: ގްރޭޕް ފުރުޓެއްގެ ދެބައި ކުޅައެއްބައި، އެއް ފޮތި ޓޯސްޓު، މޭޒުމަތީ ދެ ސަމްސާ ޕީނަޓު ބަޓާ، އެއް ޖޯޑު ކޮފީ ނުވަތަ ސައި

މެންދުރުގެ ކެއުން: ޖޯޑެއްގެ ދެބައި ކުޅައެއްބައި ކަނޑުމަސް (ޓޫނާ)، އެއް ފޮތި ޓޯސްޓު، އެއް ޖޯޑު ކޮފީ ނުވަތަ ސައި

ރޭގަނޑުގެ ކެއުން: ތިން އައުންސުގެ މީޓު، އެއް ޖޯޑު ފެހި ބީންސް، ދޮން ކެޔޮ ވަކެއްގެ ދެބައި ކުޅައެއްބައި، ކުޑަ އާފަލެއް، އެއް ޖޯޑު ވެނީލާ އައިސްކުރީމް

  • ދެވަނަ ދުވަސް

ހެނދުނުގެ ނާސްތާ: އެއް ބިސް، އެއް ފޮތި ޓޯސްޓު، ދޮންކެޔޮވަކެއްގެ ދެބައިކުޅައެއްބައި

މެންދުރުގެ ކެއުން: އެއް ޖޯޑު ކޮޓޭޖު ޗީސް، އެއް ބިސް(ރަނގަޅަށް ކައްކާފައި އޮތް)، ފަސް ސޯލްޓިން ކްރޭކަރު

ރޭގަނޑުގެ ކެއުން: ދެ ހޮޓްޑޯގް (ބަނަސް ނުލައި)، އެއްޖޯޑު ބޮރޮކޮލީ، ޖޯޑެއްގެ ދެބައިކުޅައެއްބައި ކެރެޓު، ދޮންކެޔޮވަކެއްގެ ދެބައިކުޅައެއްބައި، ޖޯޑެއްގެ ދެބައިކުޅައެއްބައި ވެނީލާ އައިސްކުރީމް

  • ތިންވަނަ ދުވަސް

ހެނދުނުގެ ނާސްތާ: ފަސް ސޯލްޓިން ކުރޭކަރު، އެއްފޮތި ޗެޑާ ޗީޒް، ކުޑަ އާފަލެއް

މެންދުރުގެ ކެއުން: އެއް ބިސް، އެއް ފޮތި ޓޯސްޓު

ރޭގަނޑުގެ ކެއުން: އެއް ޖޯޑު ކަނޑުމަސް(ޓޫނާ)، ދޮންކެޔޮވަކެއްގެ ދެބައިކުޅައެއްބައި، އެއް ޖޯޑު ވެނީލާ އައިސްކުރީމް

ހަނދާން ކުރާށެވެ. މިޑައެޓު ކުރާއިރު ވެސް ގަވާއިދުން ކަސްރަތު ކުރާށެވެ. ހިނގުމާއި ފެތުން، ދުވުމާއި ފުންމުން ފަދަ ކަސްރަތުތައް ކުރާށެވެ. އެހެންނަމަވެސް ތިބާ އަކީ މާ ބޮޑަށް ފަލަ މީހެއް ނަމަ ކަސްރަތެއްގެ ގޮތުގައި ހިނގުން ރަނގަޅުވާނެ އެވެ.

ނޯޓު: މިޑައެޓު ކުރުމުގެ ކުރިން ޑޮކްޓަރަކާ މަޝްވަރާކުރުން ވަރަށް މުހިއްމެވެ.

މައުލޫމާތު: ހެލްދީލައިފުޓްރިކްސް

comment ކޮމެންޓް