ބާރު ސްޕީޑެއްގައި ދުއްވާފައިދިޔަ ސައިކަލެއް ގަހެއްހައި ޖެހި، ކެނދިކުޅުދޫގައި ޒުވާނަކު މަރުވެއްޖެ

19:00


ކެނދިކުޅުދޫގައި ބާރު ސްޕީޑެއްގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވިގެން ގޮސް، ގަހެއްހައި ޖެހި، އެ ސައިކަލް ދުއްވަން އިން ޒުވާނާ މަރުވެއްޖެ އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށާއި އެހާދިސާގައި މަރުވި މީހަކީ އެރަށު ނީމްވިލާ އުމުރުން 21 އަހަރު، އަލީ ނަދީމް ކަމަށެވެ. އަދި އެހާދިސާ ހިނގުމާއެކު އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ބުނެ އެވެ.


މިހާދިސާ ހިނގާފައިވަނީ އެރަށު ކުޅުދޫ އަވަށުން ކެނދިކުޅުދޫ އަވަށަށް ބޮޑު މަގުން ދުއްވާފައިދިޔަ ސައިކަލު މަގުގެ އެއްފަރާތުގައި ހުރި މިދިލި ގަހެއްގައި ޖެހިގެން ކަމަށާއި އެ ހާދިސާގައި އެކްސިޑެންޓްވި ސައިކަލް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު