ލުނބޯ ޑައެޓު: ދެ ހަފުތާ ތެރޭ 10 ކިލޯ ލުއިކޮށްދޭ

ލުނބޮލަކީ ސިޓްރިކު އެސިޑު ގިނަ އަދަދަކަށް އެކުލެވިގެންވާ މޭވާ އެކެވެ. ސިޓުރިކު އެސިޑަކީ ހަށިގަނޑުގައި ހުންނަ ސަރުބީ ވިރުވާލަދޭ މާއްދާއެކެވެ. އެހެންކަމުން ލުނބޮލަކީ ބަރުދަން ލުއި ކުރުމަށް އެހީތެރިވެދޭ މޭވާއެއް ކަމަށް ގިނަ ޑައެޓިޝަނުންނާއި ނިއުޓްރިޝަނިސްޓުން ގަބޫލު ކުރެ އެވެ.

އެހެންވީމާ ބަރުދަން ލުއި ކުރަން ކޮންމެ ދުވަހަކު ލުނބޯ ކާންވީ ހެއްޔެވެ؟

ނޫނެކެވެ. ލުނބޮލެއް ކެއުމަކީ ކޮންމެ ކޮންމެ މީހަކަށް ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. އެއީ ވަރަށް ހުތް ގަދަ މޭވާ އެކެވެ. އެހެންކަމުން ކޮންމެ ދުވަހަކު ލުނބޯ ޖޫސް ބޯށެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ވެސް ނާސްތާގެ ކުރިން ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ޖޫސް ތައްޔާރު ކުރުމަށް ފަހު ބޯލާށެވެ.

  • ފުރަތަމަ ދުވަސް: އެއް ލުނބޮލުގެ ހުތް ފެންތަށްޓަކަށް އެއްކޮށްލުމަށް ފަހު ބޯލާށެވެ.

ދެވަނަ ދުވަސް: ދެ ލުނބޮލުގެ ހުތް، ދެ ތަށި ފެނާ އެއްކޮށްލުމަށް ފަހު ބޯލާށެވެ.

ތިން ވަނަ ދުވަސް: ތިން ލުނބޮލުގެ ހުތް ތިން ތަށި ފެނާ އެއްކޮށްލުމަށް ފަހު ބޯލާށެވެ.

ހަތަރު ވަނަ ދުވަސް: ހަތަރު ލުނބޮލުގެ ހުތް ހަތަރު ތަށި ފެނާ އެއްކޮށްލުމަށް ފަހު ބޯލާށެވެ.

ފަސްވަނަ ދުވަސް: ފަސް ލުނބޮލުގެ ހުތް ފަސް ތަށި ފެނާ އެއްކޮށްލުމަށް ފަހު ބޯލާށެވެ.

ހަވަނަ ދުވަސް: ހަ ލުނބޮލުގެ ހުތް ހަ ތަށި ފެނާ އެއްކޮށްލުމަށް ފަހު ބޯލާށެވެ.

ހަތް ވަނަ ދުވަސް: ތިން ލުނބޮލުގެ ޖޫސް 10 ތަށި ފެނާ އެއްކޮށްލާށެވެ. އަދި މޭޒުމަތީ އެއް ސަމްސާ މާމުއި ވެސް އެއްކޮށްލާށެވެ. އަދި މުޅި ދުވަހަށް ބަހާލައިގެން ބޯލާށެވެ.

އަށް ވަނަ ދުވަސް: ހަ ލުނބޮލުގެ ޖޫސް ހަ ތަށި ފެނާ އެއްކޮށްލުމަށް ފަހު ބޯލާށެވެ.

ނުވަ ވަނަ ދުވަސް: ފަސް ލުނބޮލުގެ ހުތް ފަސްތަށި ފެނާ އެއްކޮށްލުމަށް ފަހު ބޯލާށެވެ.

10 ވަނަ ދުވަސް: ހަތަރު ލުނބޮލުގެ ހުތް ހަތަރު ތަށި ފެނާ އެއްކޮށްލއިގެން ބޯލާށެވެ.

11 ވަނަ ދުވަސް: ތިން ލުނބޮލުގެ ހިތް ތިން ތަށި ފެނާ އެއްކޮށްލުމަށް ފަހު ބޯލާށެވެ.

12 ވަނަ ދުވަސް: ދެ ލުނބޮލުގެ ހުތް ދެ ތަށި ފެނާ އެއްކޮށްލުމަށްފަހު ބޯލާށެވެ.

13 ވަނަ ދުވަސް: އެއް ލުނބޮލުގެ ހުތް އެއް ތަށި ފެނާ އެއްކޮށްލުމަށް ފަހު ބޯލާށެވެ.

14 ވަނަ ދުވަސް: ތިން ލުނބޮލުގެ ހުތް 10 ތަށި ފެނާ އެއްކޮށްލާށެވެ. އަދި އެއަށް އެއް މޭޒުމަތީ ސަމްސާ މާމުއިވެސް އެއްކޮށްލުމަށް ފަހު މުޅި ދުވަހަށް ބަހާލައިގެން ބޯލާށެވެ.

ކޮންމެ ދުވަހަކު ހެނދުނު، ލުނބޯ ޖޫހުގެ ދެ ތަށި ތިން ތަށި ބުއިމަކީ ވަރަށް ގިނަ ފަރާތްތަކަށް އުނދަގޫ ކަމަކަށް ވެދާނެ އެވެ. އެފަދަ ފަރާތްތަކުން ހެނދުނު ގަޑީގައި ލުނބޯ ޖޫސް ބޮވޭ މިންވަރަކަށް ބުއިމަށް ފަހު ފަހުން ބޯން ބަހައްޓާށެވެ. އެހެންނަމަވެސް ހަނދާން ކުރާށެވެ. އެ ޖޫސް ބޯނީ ކެއުމުގެ އެއް ގަޑި އިރު ކުރިންނެވެ. އަދި ޖޫސް ބުއިމަށް ފަހު ރީތި ފެންފޮދަކުން އަނގަ ދޮންނަން ހަނދާން ކުރާށެވެ.

ލުނބޯ ޑައެޓުން ބަރުދަން ލުއިކޮށްދިނުމުގެ އިތުރުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވެސް ވަރުގަދަ ކޮށްދެއެވެ. ހަމައެހެންމެ ހަށިގަނޑު ސާފުކޮށްދީ ބަލިތަކުން ވެސް ހަށިގަނޑު ރައްކާތެރި ކޮށްދިނުމުގައި އެހީތެރިވެދެ އެވެ.

ނޯޓު: ގޭސްޓްރިކު މައްސަލަ ހުންނަ ފަރާތްތަކުން މި ޑައެޓު ބޭނުން ނުކުރާށެވެ.

މައުލޫމާތު: ޖަސްޓް ނެޗުރަލް ލައިފު.ކޮމް

comment ކޮމެންޓް